ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އދ. ދަނގެއްޗާއި ގއ. މާމެންދޫއަށް އަރާ ފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެެވެ.

އެޗްޕީއޭއިން ބުނީ އދ. ދަނގެއްޗާއި ގއ. މާމެންދޫއަށް އަރާ ފޭބުން މަނާކުރީ، ޕޮޒިޓިވް ކޭސްތަކުގެ ކޮންޓްކެޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ. މި ދެ ރަށާއެކު މިވަގުތު އެޗްޕީއޭގެ ބަންދުގައި އޮތް ރަށްތަކުގެ އަދަދު މިހާރު ވަނީ 16 އަށް އަރާފައެވެ.

އެއީ ރ. ދުވާފަރާއި ކ. ކާށިދޫއާއި ށ. ފީވަކާއި ހއ. ތަކަންދޫއާއި ދ. ކުޑަހުވަދޫއާއި އއ. ހިމަންދޫއާއި ތ. ހިރިލަންދޫއާއި ހދ. މަކުނުދޫއާއި ބ. އޭދަފުއްޓާއި ބ. ކަމަދޫއާއި އދ. ހަންޏާމީދޫއާއި ހދ. ނެއްލައިދޫއާއި ހއ. އިހަވަންދޫ އަދި ގދ. ތިނަދޫ އެވެ.

ތިނަދޫ އާއި ދަނގެތި އަދި ގއ. މާމެންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު މިއީ ތިނަދޫ ބަންދުކުރި ހަތަރުވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން