ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ކަމަށް ތުހުމަތުކުރާ ފޮޓޯ ތަކާއި ވީޑިއޯ ތަކުގެ މައްސަލަ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެކަމަށް ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރކަން ކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު ކަމަށް ބުނެ ފާއިތުވި ދެދުވަހެއްގެ ތެރޭގައި މީސްމީޑިއާގައި ދައުރު ކޮށްފައިވާ ފޮޓޯތަކާއި ވިޑިއޯ ތަކުގެ މައްސަލަ ބެލުމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ، ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށައަޅުއްވަން ޖެހޭނެ ކަމަށް އުމަރު ވިދާޅުވެފައިވަނީ އޭނާގެ ފޭސްބުކު ޕޭޖުގައި ހިއްސާކުރެއްވި ބަޔާނެއްގައެވެ.

ފުލުހުންގެ މައްޗައް ކުރެވިފައިވާ ތުހުމަތުތަކާއި ގުޅިގެން މާޒީގައި ކަންތައް ކުރައްވާފައިވާގޮތް ހާމަކުރައްވާ އުމަރު ވިދާޅުވީ ޕޮލިސް ކޮމިޝަނަރ އާއި ބެހޭ ގޮތުން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކާ ވީޑިޔޯއާ ގުޅޭ ގޮތުން، މިނިސްޓަރގެ ހުވަޔާ އެއްގޮތަށް މިނިސްޓަރ އިމްރާން އަމަލު ކުރައްވަންވާނެ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޤާނޫނު ގެ 23 ވަނަ މާއްދާގެ (ބ) އާއި އެއްގޮތަށް މި މައްސަލަ ބަލައި ތަހުގީގު ކުރުމަށް، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް، ހޯމް މިނިސްޓަރ މި މައްސަލަ ފޮނުއްވަންވާނެ ކަމަށް އުމަރު ވިދާޅުވެފައި ވެއެވެ.

އެގޮތުން މީގެ ކުރިން މަޖީދީ މަގުގައި ހުރި ރުއްތަކެއް ކެނޑި މައްސަލައިގައި ފުލުހަކާއި މެދު ތުހުމަތު ކުރެވުނު ދުވަހު، އޭނާ ކަންތައް ކުރެއްވި ގޮތް އުމަރު ހިއްސާކުރައްވާފައި ވެއެވެ.

"މަޖީދީމަގުގައި ހުރި ރުއްތަކެއް ފުލުހުންގެ ބަޔަކު ކެޑިކަމަށް ތުހުމަތު ކުރެވުނު ދުވަހު، މީގެ ކުރިން މިނިސްޓަރ ކަން ކުރެއްވި ބޭފުޅަކު ވަނީ، މި ޤާނޫނުގެ ދަށުން އެ މައްސަލަ ބެލުމަށް އެ ކޮމިޝަނަށް މައްސަލަ ފޮނުއްވާފަ. އަދި އެހެން ވަޒީރަކު އެކަމުގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވުނު ވަގުތު، އެތައް ފިއްތުން ތަކެއްގެ ކުރިމަތީ ފަހަތަށް ނުޖެހި، އެ ވަޒީރުގެ މައްސަލަ ވެސް ތަހުޤީގު ކުރުމަށް ފުލުހުންނަށް ލިޔުމަކުން ވަނީ އަމުރު ކޮށްފަ." އުމަރު ނަސީރު ވިދާޅުވިއެވެ.

މީގެ އިތުރުން ހޯމް މިނިސްޓަރުކަން ކުރުމަކީ ތޯތޯ ކަމެއް ނޫންކަމަށް ފާހަގަކުރައްވައި ޤާނޫނު ގެ ކުރިމަތީގައިވެސް އެއްވެސް މީހަކު އިސްތިސްނާ ނުވާކަން އަމަލުން ދައްކުވާދޭންވާނެ ކަމާއި ހުވަޔާ އެއްގޮތަށް އަމަލު ކުރަން ވާނެކަމަށް ކުރީ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވި އުމަރު ވިދާޅުވިއެވެ.

ސީޕީ ހަމީދު އާއި ވައްތަރު ބޭފުޅަކު ބަނގުރާ ގެންގުޅޭ ތަނެއްގައި ޙަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައިވަނީ "އެނޮނިމަސް އެމްވީ" ގެ ނަމުގައި ހިންގަމުންދާ ޓްވިޓަރ އެކައުންޓަކުންނެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


17

ސާބަސް

12-May-2020

މިިހުރިހާދުވަހުކޮންތާކުތޯހުރީ ދެންއަވަހައްވޯވަމާ ކުރިމަތިލައްޗޭ


16

ސަފަރު

12-May-2020

ދެން އެންމެ ރަނގަޅު ގަޓުހުރެގެން ފޮނުވީއޯ ދެންވީ ކިހިނެތް ގައިމު މައްސަނުބަލާ ފުލުހުންގެ ވެރިއަކަށް ކިހާދުވަހަކު ހުރެފަ ވަކިވީ ނުބެލީމަ ގަޓުވަޒީރަށް ކީއްބާކުރެވުނީ. ބަލާކަށް ނުވެސް ފޮނުވާ ފުލުހުން ކުރިކަމެއްކަންވެސް އެނގުނު އެއްކަމެއްވެސް ކުރާކަށް ނުކެރުނު މިހާރު މި އަނގަތަޅަނީ


14

ޢުމަރުބެ

12-May-2020

ޢަނގަފެޅީ


8

ޢުމަރުދޮންބެ

12-May-2020

އަނގަފެޅީ



ޓްރެންޑިން