މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ 3 އިން ސީއޭއޭ 1 އަށް ދަށްކޮށްފި އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމުން މޫޑީސްއިން މިދިޔަ އަހަރު ރާއްޖޭގެ ރޭޓިން ބީ3 އަށް ވަނީ ދަށްކޮށްފައެވެ. މޫޑިސްއިން އޭރު ބުނެފައިވަނީ ޓޫރިޒަމް ރަނގަޅުވި ނަމަވެސް ރޭޓިން މިއަހަރު ދަށްކުރަން ޖެހުނީ ހީކުރި ވަރަށް ވުރެ ރާއްޖޭގެ ދަރަނި ބޮޑުވެފައިވާތީ ކަމަށެވެ.

މޫޑީސްއިން ބުނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ދަރަނި ބޮޑުވެފައިވާއިރު ކުރިއަށް އޮތްތާނގައި ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދުތައް ބޮޑުވާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް މިހާރު ރަނގަޅު ނަމަވެސް ދަރަނި ކުޑަވާން ވަގުތު ނަގާނެ ކަމަށް ވެސް އެ އެޖެންސީން ބުނެ އެވެ. މޫޑީސްއިން ވަނީ ރާއްޖޭގެ އުފެއްދުންތެރިކަން (ޖީޑީޕީ) މި އަހަރު 19 ޕަސެންޓް އަދި އަންނަ އަހަރު 14 ޕަސެންޓް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައެވެ.

ނަމަވެސް އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 107 ޕަސެންޓަށް ވެއްޓޭނީ 2024ގައި ކަމަށް އެ އެޖެންސީން ވަނީ ހާމަކޮށްފައެވެ. މިހާރު ރާއްޖޭގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 117 ޕަސެންޓުގައެވެެ.

މޫޑިސްއިން ބުނީ ރާއްޖޭގެ ދަރަނި ދެއްކުން ލަސްވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރަން ޖެހޭ އިންވެެސްޓްމަންޓުތައް ގިނަވުމުން ކަމަށެވެ. އެގޮތުން، ކަނޑުގެ ލޮނުގަނޑު އުފުލުމުން ލިބޭ ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ކުރަން ޖެހޭ ހަރަދުތަކާ އެކު ބޭރު ގައުމުތަކުގެ އެހީ ހޯދަން ޖެހޭ މިންވަރު އިތުރުވާނެ ކަމަށް ވެސް މޫޑީސްއިން ވަނީ ބުނެފައެވެ. އަދި ބޭރު ދުނިޔޭގައި ރާއްޖޭގެ ހާލަތު ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ގޯސްވެ، ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ އެއްކޮށް ނުދެއްކި، އެކްސްޗޭންޖް ރޭޓް މަތިވެދާނެ ކަމަށް އެ އެޖެންސީ އިން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ ރޭޓިން މޫޑީސް އިން ސީއޭއޭ1 އަށް ދަށްކޮށްފައިވާއިރު ރޭޓިންގެ އައުޓްލުކް މިހާރު ވަނީ ނެގެޓިވް އިން "ސްޓޭބަލް" އަށް ބަދަލުވެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން