އެމްޑީޕީގެ ކުރިމަގަށްޓަކައި ޕާޓީގެ ދެ ލީޑަރުން އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، އައްޑޫ ޝަރީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދި ޕާޓީ ދެ ދެ ފެކްޝަނަކަށް ބެހިފައިވާ މި ދަނޑިވަޅުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެއީ އެމްޑީޕީގެ އިސް ލީޑަރާއި ރޫޙާނީ ލީޑަރު ކަމަށެވެ. ޢެމްޑީޕީގެ އިސް ލީޑަރަކީ ރައީސް އިބްރާހިމް މުހަންމަދު ސާލިޙެވެ. ރޫޙާނީ ލީޑަރުގެ ގޮތުގައި ބައެއް މެމްބަރުން ސިފަކުރަނީ ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދެވެ.



"އެ ދެބޭފުޅުން ވެސް ޕާޓީގެ ކުރިމަގަށްޓަކައި އެއްވިސްނުމެއްގައި މަސައްކަތް ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް. އިސްލީޑަރަކީ ދައުލަތުގެ އެންމެ އިސްވެރިޔާކަން އެންމެން ގަބޫލުކޮށްގެން ގައުމުގެ ކުރިމަގު އާރާސްތު ކުރެވެން އޮތީ." ރައީސް ސާލިޙަށް ވަރަށް ބޮޑަށް ތައީދު ކުރައްވާ އައްޑޫ ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިޙު މިހާރު ތ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު ގެންދަވަނީ ޕާޓީގެ މެމްބަރުންނާއި ބައްދަލުކުރައްވަމުންނެވެ. އެގޮތުން ތިމަރަފުށީގައި އެމްޑީޕީގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ސާލިޙު ވިދާޅުވީ އެމަނިކުފާނު ކުރިއަށް އޮތް ތަނުގައި ވެސް ހުންނަވާނީ އެމްޑީޕީގައި ކަމަށާއި އެ ޕާޓީ ހަލާކުވިޔަ ނުދެއްވާނެ ކަމަށެވެ. އަދި ޕާޓީ ކުރިއެރުވުމުގެ ހަރަކާތްތައް އިތުރު ކުރަންޖެހޭ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެެވެ.

"ޕާޓީ އެންމެ އިސް ލީޑަރު ރައްޔިތުންނާ ބައްދަލު ކުރެއްވުން" ނަމުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމަށް ރައީސް ނަޝީދަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެެވެ.


ކިޔުންތެރިންގެ ހިޔާލު


5

ހަސަން

19-Aug-2021

އެމް ޑީ ޕީ ވެރިކަން ކުރާ ދެވަނަ ފަހަރު ގައުމަށް އެއްވެސް ކުރިއެރުމެއް ނުލިބޭ 🤣 ގައުމު ފަނާވަނީ 🤣



ޓްރެންޑިން