މި ސަރުކާރުން އިސްލާމްދީނާއި މިނިވަންކަމަށް ރައްކާތެރިވެ، ރައްޔިތުންނަށް ހިދުމަތްކުރާ ނަމަ ސަރުކާރާ އިންޗިއެއްވެސް ދުރަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިރޭ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީ އުފެއްދިތާ 16 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ، މީގެ ކުރީގެ ސަރުކާރު ތަކާއި ޚިލާފަށް މި ސަރުކާރު ހިންގާ ކޯލިޝަނާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ.

އެކަމަކު އެ އަސާސްތަކާ ހިލާފުވެއްޖެ ނަމަ، ކޯލިޝަން ރޫޅައިލައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ފަސްޖެހިވަޑައިނުގަންނަވާ ކަމަށް އިމްރާން ވިދާޅުވިއެެވެ.

ރާއްޖޭގައި އާ ސިޔާސީ ޕާޓީތަކެއް އުފެދުމުންދާކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އަދާލަތު ޕާޓީގެ ދައުރު ވެސް ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އެ ޕާޓީން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތް ކޮށްދިނުމަށްޓަކާ ޕާޓީ އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށާއި ޕާޓީގެ އެންމެ ހައިބަތާ އެކު ފައިމައްޗަށް ތެދުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަށް ތައްޔާރުވުމުގެ މަސައްކަތްތައް ވެސް ޕާޓީގެ އެތެރޭގައި ކުރިއަށްދާކަން އިމްރާން ވަނީ ފާހަގަކުރައްވާފައެވެެ. ރޭގެ މި ޖަލްސާގައި އަދާލާތު ޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

މުހައްމަދު ޝާހިދު

19-Aug-2021

މިނިވަންކަން މިސަރުކާރުން ރާއްކާތެރި އެބަކުރޭތަ?



ޓްރެންޑިން