ކޮޅުމަޑުލު ވިލުފުށީގައި ޢިމާރާތްކުރަން ފަށާފައިވާ 64 ހައުސިންގ ޔުނިޓް ނިންމުމަށާއި، ޑިޒައިން އެންޑް ބިލްޑް އުސޫލުން އަލަށް ޢިމާރާތްކުރާ 36 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރުމަށް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިއަދު ހަވާލުކުރި މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ ޑިޕާރޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ.

އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑްގެ ފަރާތުންް ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله މުޙައްމަދެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ މިއީ 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުން 82,138,268.57 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއްކަމަށެވެ. އަދި މިމަސައްކަތް ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށްކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މިމަޝްރޫގެ މަސައްކަތަކީ ނޫމަޑި ކުންފުނިން 2011 ވަނަ އަހަރު ފަށާފައިވާ މަޝްރޫޢެއްކަމަށާއި، ނަމަވެސް 2016 ގައި މަސައްކަތް ހުއްޓިފައިވާކަމަށެވެ. މިމަޝްރޫގެ ދަށުން އިމާރާތްކުރަން ހަމަޖެހިފައިވާ 199 ހައުސިންގ ޔުނިޓްގެ ތެރެއިން މަޝްރޫޢު ހުއްޓުނުއިރު، އިމާރާތް ކުރަން ފެށިފައިވަނީ 64 ހައުސިންގ ޔުނިޓްގެ މަސައްކަތެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ އަލަށް ހަވާލުކުރި ކޮންޓްރެކްޓްގެ ދަށުން 46 ހައުސިންގ ޔުނިޓް، ނިންމުމަށް ކުރަންހުރި އެންމެހާ މަސައްކަތް ކޮށްނިންމުމާއި އޭރު މަސައްކަތް ފަށާފައިނުވާ 34 ހައުސިންގ ޔުނިޓްގެ އިމާރާތްކޮށް ނިންމާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން