މަރާލާފައި އޮއްވާ ހުޅުމާލެއިން ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނަރްލް ނިންމަވައިފިއެވެ.

ކުޑަ ފިރިހެންކުއްޖަކު މަރާލުމަށްފަހު، ފޮއްޓަކަށްލައި އެއްލާލައިފައިއޮއްވާ ފެނުނީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދުންނެވެ. ރަހީނުކޮށް މަރައިލުމަށްފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވާ އެކުއްޖާ ފެނިފައިވަނީ 22 ޖޫން ދުވަހުގެރޭ މެންދަމު 2:38 އެހާކަންހާއިރުއެވެ.

މިމައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު (27އ) އާއި 17 އަހަރުގެ ކުއްޖެކެވެ.



ފުލުހުން ބުނީ މި ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ނިންމާފައިވާކަމަށާއި، މިއަދު އެމައްސަލަ ކޯޓަށް ވައްދާނެކަމަށެވެ. އެގޮތުން ޒީހާންގެ މައްޗަށް 7 ބާވަތެއްގެ 13 ދައުވާއެއް އުފުލާފައިވާކަމަށާއި، މިދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 100 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ މިމައްސަލައިގައި 17 އަހަރުގެ ކުއްޖާއަށްވެސް ދައުވާކުރަން ފޮނުވާފައިވާކަމަށާއި، ނަމަވެސް އެއީ ކުޑަކުއްޖަކަށްވުމުން އެކަމާއި ގުޅޭ ތަފްސީލެއް ނުދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން