ތައިލެންޑްގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ޑޮން ޕްރަމުދްވިނާއީއާއި ފޮރިން މިނިސްޓަރ ޢަބްދު ﷲ ޝާހިދު މިއަދު ވަރޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

އަދި ކޮވިޑް-19ގެ ޙާލަތު ދެ ޤައުމުގައި އޮތް ގޮތާއި، މި ބަލިމަޑިކަމުން އަރައިގަތުމަށް ދެޤައުމުގައި ކުރެވޭ މަސައްކަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން، ކޮވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރައްވާފައިވެއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި، ވޭތުވެދިޔަ ތަނުގައި، ޚާއްސަކޮށް ކޮވިޑް-19ގެ ބަލިމަޑުކަމުގައި ތައިލެންޑުން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މީގެ އިތުރުން ތައުލީމާ، ޒުވާނުންނާ، ސަގާފަތާއި ފަތުރުވެރިކަން ފަދަ އެކި ދާއިރާތަކުން ދެޤައުމު ގުޅިގެން އިތުރަށް މަސައްކަތްކުރުމާއި، އދ.ގެ ތެރެއިން ދެޤައުމު ގުޅިގެން އިތުރަށް މަސައްކަތްކުރުމާ ބެހޭ ގޮތުންވެސް ދެ ވަޒީރުން މަޝްވަރާކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން