ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމުން ހުޅުމާލޭގައި ކުނިކަހާ މީހުންގެ މުސާރަ ބޮޑުކޮށްދޭނެކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މިހެން ވިދާޅުވީ، އޭނާގެ ވައުދުގެ ތެރެއިން "ޖޫސްޕެޓީ" ބެހުމުގެ ވައުދު ފުއްދައިދިނުމަށްފަހު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ޝުޖާއު ވިދާޅުވީ ހުޅުމާލެ މަގުތަކާއި އަތިރިމަތިރި ސާފުކުރުމުގައި ހުޅުމާލެ އަންހެނުން ކުރައްވަނީ ބުރަ ބޮޑު މަސައްކަތެއްކަމަށެވެ. އަދި ހުޅުމާލެއަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ރަތްދަކަ އަވީގައި ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރާ މީހަކަށް އޭނާ ވާނެކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ހުޅުމާލެ ސާފުކުރުމުގެ މަސައްކަތުގައި އުޅޭ އަންހެންވެރިންނަށް ލިބެނީ ހައްޤު މިންވަރެއް ނޫންކަމަށެވެ. އަދި ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ މުނިސިޕަލް ޚިދުމަތް ބަދަލުވުމުން ކުނިކަހާ މީޙުންނަށް މިހާރު ލިބޭ އުޖޫރަ ބޮޑުކުރާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.
ހުޅުމާލެއަކީ އެޗްޑީސީގެ ދަށުގައި އޮންނަ ސަރަހައްދަކަށްވާތީ، މާލެ ސިޓީ ކައުންސިލްގެ އެއްވެސް އިހްތިސާސެއް އެތަނަކަށް ނުހިނގައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލޭގެ ކަންކަން ބަދަލުކުރުމަށް ރައީސް ސާލިހުގެ ސަރުކާރުން ކުރިން ނިންމިނަމަވެސް، މާލެ ސިޓީގެ އަގުލަބިއްޔަތު ގެއްލުނު ހިސާބުން އެކަމާއި ގުޅޭ ވާހަކައެއް ނުދައްކައެވެ.

ދައްތަމެން ތިޔަ ކުރައްވާ މަސައްކަތައް ލިބެނީ ހައްޤު މިންވަރެއްނޫން.@MaleCitymv ގެ ދަށަށް ހުޅުމާލެ މުނިސިޕަލް ޚިދުމަތް ބަދަލުވުމުން ދައްތަމެންނަށް މިހާރު ލިބޭ އުޖޫރަ ބޮޑުކުރާނަން.އިންޝާالله2/2@MuizzuMayor @MMuizzu @ProgressPartyMV @samadhube @HusseinSharyf pic.twitter.com/dWG7LOOY7b
— Ibrahim Shujau (@IbrahimShujaau) August 19, 2021
ހުޅުމާލެއަކީ އެޗްޑީސީގެ ދަށުގައި އޮންނަ ސަރަހައްދަކަށްވާތީ، މާލެ ސިޓީ ކައުންސިލްގެ އެއްވެސް އިހްތިސާސެއް އެތަނަކަށް ނުހިނގައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލޭގެ ކަންކަން ބަދަލުކުރުމަށް ރައީސް ސާލިހުގެ ސަރުކާރުން ކުރިން ނިންމިނަމަވެސް، މާލެ ސިޓީގެ އަގުލަބިއްޔަތު ގެއްލުނު ހިސާބުން އެކަމާއި ގުޅޭ ވާހަކައެއް ނުދައްކައެވެ.
ކިޔުންތެރިންގެ ހިޔާލު