އާރައި ބާރު ހޯއްދެވުމަށް އަދާލަތު ޕާޓީގެ އިސް ބޭފުޅުން ނުވިއްކަވާނެ އެއްވެސް އެއްޗެއް މި އުޑުދަށުގައި ނޯންނާނެ ކަމަށް ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ އިސްލާމް ދީނާއި ގައުމުގެ މިނިވަންކަން ރައްކާތެރި ކޮށްދިނުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުންނެވިހާ ހިނދަކު އެމަނިކުފާނާއެކު އަދާލަތު ޕާޓީ އޮންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެ ދެެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.



އަދާލަތު ޕާޓީއަށް 16 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބުދު ﷲ ވިދާޅުވީ ދީނާއި މިނިވަންކަމުގެ އަސާސްތަކާއި ސަރުކާރުން ދުރަށްޖެހިއްޖެނަމަ ކޯލިޝަން ރޫޅާލައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަން ނުކުންނަވާނެ ކަމަށެވެ.

އިމްރާންގެ އެ ވާހަކަތަކާއި ގުޅިގެން ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވީ، އަރާއި ބާރު ހޯއްދެވުމަށް އަދާލަތު ޕާޓީގެ އިސް ބޭފުޅުން ނުވިއްކަވާނެ އެއްވެސް އެއްޗެއް މި އުޑުދަށުގައި ނޯންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ ތާއީދު ބޭސްއެއް ނެތްއިރުވެސް ސަރުކާރު އަމިއްލަ ކުންފުންޏެއްހެން ފޮތިފޮތިކޮށްގެން ހިއްސާ ނަންގަވައިގެން ތިއްބެވީ "ދީނާ ސިޔާދަތު" ރަހުނުކޮށްގެން ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ މިހެން ވިދާޅުވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދާލަތާއެކު ގާތްގުޅުމެއް ބާއްވާތީ އެމްޑީޕީގެ އިސްބޭފުޅުންވެސް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރައީސް ސާލިޙު ހުންނެވީ "އަދާލަތުގެ ހިސޯރެއް"ގެ ތެރޭގައި ކަމަށް ފާޅުގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން