ކޮޅުމަޑުލުގެ ހަތް ރަށަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅަށް ދެން އޮތީ ރަށްރަށުން ރައީސްގެ ނޯޓުފޮތަށް އެރި މައްސަލަތަކާއި ކަންބޮޑުވުންތައް ހައްލުކުރުމުގެ ބުރަ މަސައްކަތް ކަމަށް ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ރައީސް ސާލިހު ކޮޅުމަޑުލުގެ 7 ރަށަކަށް ކުރެއްވި ދަތުރުފުޅު މިރޭ ވަނީ ނިއްމާލައްވާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ތިމަރަފުށި، ކިނބިދޫ، ވޭމަންޑޫ، ވަންދޫ، އޮމަދޫ، ކަނޑޫދޫ އަދި ގާދިފުށްޓަށް ވަޑައިގެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި މަސްވެރިންނާއި ވިޔަފާރިވެރިންނާއި ދަރިވަރުންނާއި ފުލުހުން އަދި ސިއްހީ ހިދުމަތްތެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ މިއީ މާނަހުރި ތަޖުރިބާއެއް ކަމަށާއި އަދި ހަމަ އެހެންމެ މިއީ ކަންކަން ދެނެގަތުމަށް ލިބިވަޑައިގެންނެވި ފުރުސަތެއް ކަމަށެވެ.
"އަޅުގަނޑުމެން ދަތުރުކުރި ކޮޅުމަޑުލުގެ ހަތް ރަށުން ފާހަގަކުރެވުނު މައްސަލަތަކާއި ކަންބޮޑުވުންތައް ހައްލުކުރުމުގައި ދެން އޮތީ ބުރަ މަސައްކަތެއް،" ތަރުޖަމާން ވިދާޅުވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އޮމަދޫ ބަނދަރު ހުޅުވައިދެއްވައި އަދި ތިމަރަފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ކަނޑުތޮށި ހިމާޔަތްކުރުމާއި، ސިއްހީ ވަސީލަތްތައް ތަރައްގީކުރުމާއި، ޓޫރިޒަމް ތަރައްގީކުރުމާއި، ބަނދަރާއި މަގުތަކާއި ހައުސިން ޕްރޮޖެކްޓްތައް ހިންގުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ކުޅިވަރުގެ ވަސީލަތްތަކާއި ބެހޭގޮތުންނާއި ތާރީހީ ސަގާފީ ތަރިކަތައް ހިމާޔަތްކުރުމުގެ މަޝްވަރާތައް ވެސް ވަނީ ބާއްވާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ބައެއް ރަށްރަށުގައި ތިބި އެޕާޓީގެ މެމްބަރުންނާއި ބައްދަލުކުރައްވައި ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ.

And off we go, back to Male’. It’s been a meaningful experience, and a great learning opportunity.
— Mabrook Azeez (@MvSpokesperson) August 19, 2021
Going ahead, we’ve got our work cut out for us in resolving issues & concerns that were raised in the 7 islands in Kolhumadulu Atoll that we visited pic.twitter.com/m8TOjyVjHj
"އަޅުގަނޑުމެން ދަތުރުކުރި ކޮޅުމަޑުލުގެ ހަތް ރަށުން ފާހަގަކުރެވުނު މައްސަލަތަކާއި ކަންބޮޑުވުންތައް ހައްލުކުރުމުގައި ދެން އޮތީ ބުރަ މަސައްކަތެއް،" ތަރުޖަމާން ވިދާޅުވި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އޮމަދޫ ބަނދަރު ހުޅުވައިދެއްވައި އަދި ތިމަރަފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ކަނޑުތޮށި ހިމާޔަތްކުރުމާއި، ސިއްހީ ވަސީލަތްތައް ތަރައްގީކުރުމާއި، ޓޫރިޒަމް ތަރައްގީކުރުމާއި، ބަނދަރާއި މަގުތަކާއި ހައުސިން ޕްރޮޖެކްޓްތައް ހިންގުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ކުޅިވަރުގެ ވަސީލަތްތަކާއި ބެހޭގޮތުންނާއި ތާރީހީ ސަގާފީ ތަރިކަތައް ހިމާޔަތްކުރުމުގެ މަޝްވަރާތައް ވެސް ވަނީ ބާއްވާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ބައެއް ރަށްރަށުގައި ތިބި އެޕާޓީގެ މެމްބަރުންނާއި ބައްދަލުކުރައްވައި ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު