ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީީީއެމްޗް (ފޮޓޯ ރަސް- ޝާހް)
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީީީއެމްޗް (ފޮޓޯ ރަސް- ޝާހް)
ރެޖިސްޓަރޑް ނަރުހުންގެ ގޮތުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ 35 ނަރުހަކު ހޯދަން އައިޖީއެމްއެޗުން އިއުލާން ކޮށްފި އެވެ.

އެ ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނެފައިވަނީ ދުވާލަކު 8 ގަޑިއިރު ދަންފަޅި އުސޫލުން، ހަފްތާއަކު 5 ދުވަހު މަސައްކަތް ކުރުމަށް ހޯދާ މި ނަރުހުންގެ މުސާރައަކީ 9060ރ. ކަމަށެވެ.

ނަރުސްކަމުގެ މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ނަރސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ.

ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 19 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެ ހޮސްޕިޓަލަށް މެއިލް ކުރަންވެސް އެދިފައިވެއެވެ.

އައިޖީއެމްއެޗުން ނަރުހުން ހޯދުމަށް އިއުލާން ކޮށްފައިވާއިރު ކޯވިޑް-19 އާއި ގުޅިގެން މިމަހުގެ 31 ގައި ރާއްޖެ ޕީކަށް ދާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. ރާއްޖެ ޕީކަށް ދާއިރު ސިއްހީ ދާއިރާގެ ފަންނުވެރިންގެ ޢަދަދު މަދުވެ ސިއްހީ ފަރުވާ ދިނުމަށް ގޮންޖެހުންތަކާއި ކުރިމަތިވެދާނެ ކަމަށް ތަޖުރިބާކާރުން އަންދާޒާ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން