ދިވެހިންގެ މިނިވަންކަން އޮތީ ދިރިދެމި ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ ދަނގެތީ ދާއިރާގެ މެމްބަރު މުހަންމަދު ނާޒިމް، ކާނަލް ނާޒިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ދިވެހިންގެ މިނިވަންކަން ގެއްލިފައިވާ ކަމަށާ މި މިންވަރަށް ދިވެހިން އަޅުވެތިވެފައިވާ ދުވަސްވަރެއް މި ފަހުން ފެނިފައި ނެތް ކަމަށް މިހާރު އުފެއްދުމަށް މަސައްކަތް ކުރަމުންދާ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ބާނީ އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ.



ދަނގެތީ ދާއިރާގެ މެމްބަރު މުހަންމަދު ނާޒިމްގެ އެ ވާހަކަތަކާއި ގުޅިގެން ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވީ ދިވެހިންގެ މިނިވަންކަން އޮތީ ދިރިދެމި ކަމަށާއި އެކަން ދިވެހިންނަށް އެނގޭ ކަމަށެވެ. ދިވެހި ދައުލަތާއި މިނިވަންކަމާއި އިސްތިގުލާލާ މެދު ސުވާލު އުފައްދައިގެން ގައުމުގެ މިނިވަންކަން ދިފާއު ކުރުމުގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގުމަކީ އަޑާ މަންޒަރާއި ދިމާނުވާ ކަމެއް ކަމަށް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އަލްހާން ވިދާޅުވިއެވެ.

"ދިވެހިން އެދޭ މިނިވަން ކަމަކީ ކޮބާ؟" މި ނަމުގައި ކުރިއަށް ގެންދިޔަ އޮންލައިން ފޯރަމެއްގައި ކާނަލް ނާޒިމް ވިދާޅުވީ ދިވެހިންގެ އިގްތިސޯދީ މިނިވަން ކަމެއް ނެތް ކަމަށެވެ. ކޮންމެ ދިމާއަކުން ވެސް ފެންނަނީ ދިވެހިންގެ މިނިވަންކަން ގެއްލި ނުވަތަ މިނިވަންކަމަށް އެތައް ގޮތަކުން ގޮންޖެހުންތައް ކުރިމަތިވެފައިވާ މަންޒަރު ކަމަށް ނާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން