ފޭކް ބުކިންގ ހައްދައިގެން ރާއްޖެއަށް ފަތުރުވެރިން ގެންނަ މައްސަލަތައް ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ފޭކް ބުކިންގ ހައްދާ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަންގެ ސިސްޓަމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިފަދަ ކަންކަން ކުރަމުންދަނީ ކޮން ފަރާތްތަކަކުންތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އިމިގްރޭޝަން ސިސްޓަމަށް ގެނެވޭ ބަދަލުތައް ވަރަށް އަވަހަށް ތަންފީޒު ކުރެވިގެންދާނެކަމަށްވެސް އެއޮފީހުން ބުނެފައި ވެއެވެ.

ފޭކް ބުކިން ހައްދައިގެން ރާއްޖެ އަންނަ މީހުންގެ މައްސަލަތައް ބޮޑުވެފައިވާއިރު، ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް މިކަން ވަނީ އައިސްފައެވެ. އެގޮތުން މީހުން ދިރުއުޅޭ ރަށްރަށުގައި އުޞޫލާ ޚިލާފަށް އުޅެމުންދާ ފަތުރުވެރިން ހޯދާ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މިނިސްޓްރީ އޮފް ޓުއަރިޒަމާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ޚާއްސަ އިސްޕެކްޝަނެއްވެސް ވަނީ ފަށާފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުވެސް ދާދިފަހުން ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަށްވައި އެކަން ހައްލު ކުރަން މަސައްކަތް ކުރަށްވާނެ ކަމަށް ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓަރވެސް ވަނީ ފޭކް ބުކިންގ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އަދި އޮޅުވާލައިގެން ފަތުރުވެރިން ރާއްޖެ ގެނައުމަކީ ފަތުރުވެރިކަމެއް ނޫންކަމަށާއި، އެއީ އިންސާނީ ވަގުފާރި ކަމުގައިވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.



އޮޅުވާލައިގެން ރާއްޖެއަށް ފަތުރުވެރިން ގެންނައިރު، ބައެެއް ފަހަރު 4 ވަރަކަށް ކޮޓަރިއަށް 200 އެއްހާ މީހުންގެ ބުކިންގ ހައްދާފައިވެސް އެބަހުއްޓެވެ. އަދި ރީތި ހޮޓަލެއްގެ ފޮޓޯ ދެއްކުމަށްފަހު، އާދައިގެ ގޭގެއަށް ފަތުރުވެރިން ގެންދާ މައްސަލަތައްވެސް ވަނީ ފެންމަތިވެފައެވެ. މިކަހަލަ ބައެއް ކަންކަމުގެ ތެރެއިން ބޭރުން އަންނަ މީހުން މާލޭގައި މަގުމަތިވެފައިވެސް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން