ހިޔާ ފްލެޓްގެ ޓަވަރު ތަކުގެތެރެއިން މިއަދު ކަރަންޓު ދޭން ނިންމާފައިވާ ދެ ޓަވަރުގެ ލިފްޓުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓު ދިނުން މެދުކަނޑާލައިފިއެެވެ.

ސްޓެލްކޯއިން ކޮންމެ ދުވަހަކު ހިޔާ ފުލެޓްތަކުގެ ދެ ޓަވަރަށް ކަރަންޓު ދެއެެވެ. އެގޮތުން މިއަދު ކަރަންޓު ދޭން ނިންމާފައި ވަނީ ތިން ވަނަ ޓަވަރާއި ހަތަރު ވަނަ ޓަވަރަށެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓު ދިނުން މެދުކަނޑާލާފައި ވަނީ އެޗްޑީސީއާ މަޝްވަރާ ކުރުމަ މށްފަހު ކަމަށެވެ. އަދި ލިފްޓަށް ދިމާވި މަައްސަލަ ކޮންޓްރެކްޓަރާ ގުޅިގެން ހައްލު ކުރުމަށް އެޗްޑީސީން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެެވެ.

މި މައްސަލަ ހައްލުކޮށް އެ ދެ ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިއަށް ގެންދާނެ ދުވަހެއް، އެ ޓަވަރުތަކުން ފްލެޓް ލިބުނު މީހުންނަށް އެސްއެމްއެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އަންގާނެ ކަމަށް ވެސް ސްޓެލްކޯ އިން މައުލޫމާތުދެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެތެރެއިން އެގްރީމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތަކަށް މިހާރު ވަނީ ތަޅުދަނޑި ހަވާލު ކޮށްފައެވެ. ބައެއް ފްލެޓުތަކުގެ އިންޓީރިއާ މަސައްކަތް ވެސް މިހާރު ފަށާފައިވާއިރު މި މަސައްކަތް ނިންމަން ޑިސެމްބަރު މަހުގެ ނިޔަލަށް ފުރުސަތު ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން