މާލެ ސިޓީ ކައުންސިލަށް ދަތިވާ ކަންކަން ހައްލުކޮށްދިނުމަށް މަސައްކަތްކޮށްދޭނެކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް މިހެން ވިދާޅުވެފައި މިވަނީ، މާލެ ސިޓީ ކައުންސިލަށް ސަރުކާރުން އެއްބާރުލުން ނުލިބޭކަމަށް މޭޔަރު ވިދާޅުވުމާއި ގުޅިގެނެވެ.
އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ ސިޓީ ކައުންސިލަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ. އަފްޝަން ވިދާޅުވީ މިމަޝްވަރާތަކުގައި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން ބައިވެރިވެވަޑައިގަތްކަމަށެވެ. އަދި މިމަޝްވަރާތަކުގައި ކައުންސިލަށް ދިމާވާ ދަތިތަކާއި އެ ދަތިތައް ހައްލުކުރުމަށް ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.
އަފްޝަން ވިދާޅުވީ ކައުންސިލަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާކުރައްވާނެކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު މުއިއްޒު މިފަހުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ސިޓީ ކައުންސިލަށް މިވީ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އެދުނު ކަންކަން ފުރިހަމަ ކޮށްދީފައި ވާނެ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ސަރުކާރުން ފެންނަނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކައުންސިލަށް ޖެއްސުންކުރާ މަންޒަރުކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

Had a good discussion today with @MaleCitymv Mayor @MMuizzu on challenges faced by Male City Council and WDC, and ways to resolve them. @lgaMaldives will be following up on shared concerns and seeking solutions with relevant agencies.
— Afshan Latheef 🎈 (@AfshanLatheef) August 19, 2021
އަފްޝަން ވިދާޅުވީ ކައުންސިލަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާކުރައްވާނެކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު މުއިއްޒު މިފަހުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ސިޓީ ކައުންސިލަށް މިވީ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އެދުނު ކަންކަން ފުރިހަމަ ކޮށްދީފައި ވާނެ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ސަރުކާރުން ފެންނަނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކައުންސިލަށް ޖެއްސުންކުރާ މަންޒަރުކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު