އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އިސްދޫ ކަލައިދޫ އަދި މާބައިދޫ ކައުންސިލާއި ބައްދަލުކުރައްވައި، މަޝްވަރާތައް ފަށައިފިއެވެ.
އެމްޓީސީގެ ސީއީއޯ މިހާރު ގެންދަވަނީ ލ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކުރައްވަމުންނެވެ. މިގޮތުން މި ދަތުރުފުޅުގަައި އާޒިމް ވަނީ އިއްޔެ އިސްދޫ ކަލައިދޫ ކައުންސިލް މެމްބަރުންނާއި ބައްދަލުކުރެއްވުމުގެ އިތުރުން، އިސްދޫ ބަނދަރު ތަރަައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއު ބައްލަވާލައްވާފައެވެ. މިމަސައްކަތް އެމްޓީސީސީން ވަނީ މިމަހުގެ 17 ވަނަ ދުވަހު ނިންމާލާފައެވެ.
ލ. އަތޮޅަށް އާޒިމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާބައިދޫއަށް ވަޑައިގެން އެރަށު ކައުންސިލާވެސް ވަނީ ބައްދަލުކުރައްވާފަައެވެ. އަދި އެރަށުގައި އެމްޓީސީސީން ތަރައްްގީކޮށްފައިވާ ބަނދަރުގެ މަސައްކަތް ވެސް ވަނީ ބައްލަވާލައްވާފައެވެ.
އާޒިމްގެ މިދަތުރުގައި ލ. އަތޮޅު ކައުންސިލާއި، ލ. ފޮނަދޫ ކައުންސިލާވެސް ބައްދަލުކުރިއެވެ. އެ ބައްދަލުވުމުގައި ފޮނަދޫގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދާގޮތުގެ ތަފްސީލު އަރުވާފައިވެއެވެ. އަދި މަސައްކަތް ކުރިއަށް ދާގޮތް އެމްޓީސީސީގެ ސީއީއޯ ބައްލަވާލެއްވިކަމަށް އެމްޓީސީސީން ބުނެއެވެ.

CEO @adamazim & team met with the Members of Maabaidhoo Island Council today & inspected the islands Harbor. We successfully completed work on the L. Maabaidhoo Harbour New Channel project on 18th August 2020. The estimated value of the project is MVR 22.4 million. #MTCCProjects pic.twitter.com/hYzLEjGlc3
— MTCC Plc (@MTCCPlc) August 21, 2021
ލ. އަތޮޅަށް އާޒިމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާބައިދޫއަށް ވަޑައިގެން އެރަށު ކައުންސިލާވެސް ވަނީ ބައްދަލުކުރައްވާފަައެވެ. އަދި އެރަށުގައި އެމްޓީސީސީން ތަރައްްގީކޮށްފައިވާ ބަނދަރުގެ މަސައްކަތް ވެސް ވަނީ ބައްލަވާލައްވާފައެވެ.
CEO @adamazim & team met with the Members of L. Isdhoo & L. Kalaidhoo Island Council today & also inspected the L. Isdhoo Harbor. We successfully completed L. Isdhoo Harbor Development Project on 17th August 2021. The value of the project is MVR 34.7 million. #RayyithungeKunfuni pic.twitter.com/doM1vwABjB
— MTCC Plc (@MTCCPlc) August 20, 2021
އާޒިމްގެ މިދަތުރުގައި ލ. އަތޮޅު ކައުންސިލާއި، ލ. ފޮނަދޫ ކައުންސިލާވެސް ބައްދަލުކުރިއެވެ. އެ ބައްދަލުވުމުގައި ފޮނަދޫގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދާގޮތުގެ ތަފްސީލު އަރުވާފައިވެއެވެ. އަދި މަސައްކަތް ކުރިއަށް ދާގޮތް އެމްޓީސީސީގެ ސީއީއޯ ބައްލަވާލެއްވިކަމަށް އެމްޓީސީސީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު