ރާއްޖެއަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ދެ މައްސަލައަކީ، ހަރުކަށި ފިކުރުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދެއްކެވި ވާހަކަފުޅަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ރައްދު ދެއްވައިފިއެވެ.
ތ. އަތޮޅުގެ ހަތް ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އޮމަދޫއަށް ވަޑައިގެން ރައްޔިތުންންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޖީލަކަށްފަހު ޖީލެއް މަސްތުވާތަކެތީގައި ޖެހި ހަލާކުވަމުން އެބަދާ ކަމަށާއި މިކަމުގައި ހުރިހާ އެންމެން އެއްކޮށް ތެދުވެ މަސައްކަތް ކޮށްގެން ނޫނިއްޔާ އެ މައްސައަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ. އެގޮތުން ރާއްޖެއަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ދެ މައްސަލައަކީ، ހަރުކަށި ފިކުރުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ވާހަކަފުޅުތަކަށް ރައްދުދެއްވަމުން ރެޑްވޭވް ސަލީމް ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ މައްސަލައަކީ ހަރުކަށި ފިކުރުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަ ނޫންކަމަށެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ މައްސަލައަކީ ދީނަށް ފުރައްސާރަކުރުމާއި، މީސްތަކުން ދީނާއި ދުރުކުރަން މަސައްކަތްކުރުންކަމަށް ސަލީމް ވިދާޅުވިއެވެ.
"ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ މައްސަލައަކީ ދީނަށް ފުރައްސާރަކުރުމާއި، މީސްތަކުން ދީނާއި ދުރުކުރަން މަސައްކަތްކުރުން." ސަލީމް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖީލަކަށްފަހު ޖީލެއް މަސްތުވާތަކެތީގައި ޖެހި ހަލާކުވަމުން އެބަދާ ކަމަށާއި މިކަމުގައި ހުރިހާ އެންމެން އެއްކޮށް ތެދުވެ މަސައްކަތް ކޮށްގެން ނޫނިއްޔާ އެ މައްސައަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މިހާރު ވަނީ މިއަދާ ހިސާބަށް އައިއިރުގައި، މި ދެ ކަމަށްވެސް ރަނގަޅު ޕްލޭނެއް އެކުލަވާލެވިފައިވާކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް، އެކަން ހުއްޓުވުމަށްޓަކައި ކުރަންހުރި ކަންތައްތައް ދެނެގަނެ، އެ ކަންތައްތައް ރާވައި، އެ ކަންތައްތައް ކުރިއަށް ގެންދިޔުމުގެ ޕްލޭން، މިހާރުވަނީ ނިމިފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު