ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދަން މަަސައްކަތްކުރާ މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީއާ ގުޅުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ، ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ތިމަރަފުށީ އެމްޑީޕީ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މިބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރަކު ވަނީ ރައީސް ސާލިހު އެމްއެންޕީއާ ގުޅިވައިޑައިގެންފާނެތޯ ސުވާލުކޮށްފައެވެ. އެ ސުވާލު ކުރުމުން ރައީސް ސާލިހު ވިދާޅުވީ، އެ ސުވާލަށް ވަރަށް ސާފު، ކުރު ޖަވާބެއް ދެއްވިދާނެކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ އެމްއެންޕީއާ ގުޅުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށެވެ. އަދި އެކަން ނުކުރާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"އެމްއެންޕީއާަ ގުޅުމުގެ އެއްވެސް ވިސްނުމެއް ނެތް. އެކަމެއް ނުކުރާނަން." ރައީސް ސާލިހު ވިދާޅުވިއެވެ.

އެމްއެންޕީއާ ގުޅުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވިއިރު، އެމަނިކުފާނާއި އެޕާޓީއާ ގުޅުވައިގެން ބައެއް ވާހަކަތައް ފަތުރާފައިވެއެވެ. އެގޮތުން އެމްއެންޕީއަކީ ރައީސް ސާލިހުއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުގެންފިނަމަ، ރިޔާސީ ޓިކެޓް ހޯދަން އުފައްދާ ޕާޓީއެއްކަމަށް ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން