އައްޑޫގައި ކުރިއަށްދާކަމަށް ރައީސް ސާލިހު ވިދާޅުވި ޕްރޮޖެކްޓްތައް ފެނޭތޯ ބައްލަވައިފިންކަމަށާއި، ނަމަވެސް އެ ޕްރޮޖެކްޓްތަކެއް ފެނިވަޑައެއް ނުގެންނެވިކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީއަށް ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ޓީމެއް ވަޑައިގެން، އެ ސިޓީގެރައްޔިތުންނާއި ބައްދަކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސައީދު ވިދާޅުވީ އައްޑޫ ސިޓީގައި ކުރިއަށްދާކަމަށް ވިދާޅުވި 60 ޕްރޮޖެކްޓް ހޯދަން ވަރަށް މަސައްކަތްކުރެވިއްޖެކަމަށެވެ. އަދި 40 ބިލިއަން ރުފިޔާގެ ބަޖެޓުން އައްޑޫއަށް ވައުދުވި ކަންކަމާއި، އިންޑިއާއިން ނެގި ލޯނުތަކުން ރައްޔިތުންނަށް ކޮށްދޭން ބުނި އެއްވެސްކަމެއް ތަންފީޒުވެފައިނުވާކަމަށް ސައީދު ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ އިތުބާރު މިސަރުކާރަށް ނެތްކަމަށް ސައީދު ވިދާޅުވިއެވެ.



އައްޑޫ ސިޓީއަށް ތަރައްގީ ގެނައުމުގައި މިސަރުކާރު ފެއިލްވެފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، އައްޑޫ ސިޓީގެ ގިނަ ރައްޔިތުންވެސް ގަބޫލުކުރާ ގޮތުން ހުރިހާ ސަރުކާރަކުންވެސް ވަނީ އައްޑޫގެ ތަރައްގީގެ ކަންކަމުގައި އިހުމާލުވެފައެވެ.

މިސަރުކާރުންވެސް އައްޑޫ ސިޓީގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ވައުދުވެފައިވީނާމަވެސް، އެކަންކަން ހަގީގަތަކަށް ހެދުމުގައި ވަރަށް ބޮޑަށް ލަސްވެފައިވާކަމަށް އައްޑޫގެ ބައެއް ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން