މާލެ އަތޮޅު ރަސްފަރި ފަރަށް އެރި ބޮޑު އާގުބޯޓު ފުންކުރުމަށް ލަންކާއިން ޓަގު ބޯޓެއް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ފިލިޕީންސްގެ 19 މީހުންނާއެކު އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް، ދަތުރުކުރި މި އާގު ބޯޓު ފަރަށް އަރައިފައިވަނީ ކ. ރަސްފަރި ކައިރިން އިންޖީން ހުއްޓުމުގެ ސަބަބުންނެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ 12:48 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

އެމް.އެން.ޑީ.އެފުން ބުނީ ފަރަށް އެރި އާގުބޯޓު ފުންކުރުމަށްޓަކާ ސްރިލަންކާއިން ޓަގުބޯޓެއް ގެނައުމުގެ މަސައްކަތް ބޯޓުގެ ވެރިފަރާތުން ކުރަމުންދާކަމަށެވެ. އަދި މިމަހުގެ 23 ވަނަ ދުވަހު ރާއްޖެއަށް ޓަގު ބޯޓް އަންނާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ރަސްފަރި ފަރަށް އަރާފައިވާ އާގު ބޯޓަށް ނުވަތަ ފަރަށް ލިބުނު ގެއްލުމެއް ނޭނގެއެވެ. އެމްއެންޑީއެފުން ބުނީ އެކަމާ ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންތައްތައް ދަޢުލަތުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ބަލަމުންގެންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން