ޔޫކޭގެ ކޯވިޑް ރެޑް ލިސްޓުގައި ރާއްޖެ އޮންނަންޖެހޭ ސަބަބެއް މިހާރު ނެތްކަމަށް ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަރަހަނާޒް ފައިސަލް ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއް ގައުމު ކަމަށްވާ އިނިގިރޭސި ވިލާތުގެ ކޯވިޑް ރެޑް ލިސްޓު އެންމެފަހުން މުރާޖައާކުރިއިރުވެސް ރާއްޖެ އޮތީ ހިމަނާފައެވެ. އެ ލިސްޓުގައި ރާއްޖޭގެ އިތުރުން އަފްޣާނިސްތާނު، ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާނު، ޔޫއޭއީފަދަ ޤައުމުތައް ހިމެނެއެވެ.
އިނގިރޭސި ވިލާތުން އެކި ގައުމުތަކަށް ދަތުރުފަތުރު ކުރުމުގައި ގައުމުތަކުން ސީކްއަންސް ކުރެވޭ އަދަަދަށް ބަލާއިރު، ރާއްޖެ އެގައުމުގެ ރެޑް ލިސްޓުގައި އޮތީ ސީކްއަންސް ސެޓަޕެއް ގާއިމު ކުރެވިފައި ނެތުމުންނެވެ.
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ފަރަހަނާޒް ފައިސަލް ވިދާޅުވީ އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ރާއްޖެއިން އެއްކުރާ ޖީނޯމް ސީކިއުންސިންގ ޑޭޓާ އަޕްޑޭޓްކޮށްފައިވާކަމަށެވެ. މީގެއިތުރުން ރާއްޖޭގައި ކޯވިޑަށް މީހުން ޕޮޒިޓިވްވާ އަދަދު ދަށްވެފައިވާއިރު، ވެކްސިން ޖަހާފައިވާ އިންސައްތަވެސް އިތުރުކަން ފަރަހަނާޒް ފާހަގަކުރެއްވިއެވެ.
ފަރަހަނާޒް ވިދާޅުވީ ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއެކު، ޔޫކޭގެ ކޯވިޑް ރެޑް ލިސްޓުގައި ރާއްޖެ އޮންނަންޖެހޭ ސަބަބެއް މިހާރު ނެތްކަމަށެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތު ރަނގަޅުވެ، އައު އާންމު ހާލަތަށް ގައުމު ގެންދެވިއްޖެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވި ނަމަވެސް ޔޫކޭގެ ރެޑްލިސްޓުން ރާއްޖެ އުނި ނުކުރީ ހެލްތު މިނިސްޓްރީގެ އިހުމާލުން ސީކްއެއްންސް ނުކުރެވޭތީކަން އޮތީ ކުރިން ހާމަވެފައެވެ.
އެޗްއީއޯސީން ބުނާގޮތުން ރާއްޖޭގައި ސީކްއަންސް ކުރިއަށް ގެންދަނީ ޑަބްލިއުއެޗްއޯ އިން ހުއްދަދޭ ބޭރުގެ ކަމާގުޅޭ ލެބަކަށް ފޮނުވައިގެނެވެ. އަދި އެގޮތަށް ސާމްޕަލްތައް ބޭރަށް ފޮނުވައިގެން ނަތީޖާ ލިބެން ވަރަށް ގިނަ ދުވަސް ނަގާ ކަމަށް އެސެންޓަރުން ބުނެއެވެ.

GISAID website has now been updated with Genome sequencing data as required by the UK. I believe there is no longer a valid reason for Maldives to remain on the red list. We also have low case numbers and extremely high vaccine rates compared to most countries. pic.twitter.com/Owsk5ZSAWy
— Farah Faizal 🎈🇲🇻 (@DrFarahFaizal) August 21, 2021
ރާއްޖޭގެ ކޯވިޑްގެ ހާލަތު ރަނގަޅުވެ، އައު އާންމު ހާލަތަށް ގައުމު ގެންދެވިއްޖެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވި ނަމަވެސް ޔޫކޭގެ ރެޑްލިސްޓުން ރާއްޖެ އުނި ނުކުރީ ހެލްތު މިނިސްޓްރީގެ އިހުމާލުން ސީކްއެއްންސް ނުކުރެވޭތީކަން އޮތީ ކުރިން ހާމަވެފައެވެ.
އެޗްއީއޯސީން ބުނާގޮތުން ރާއްޖޭގައި ސީކްއަންސް ކުރިއަށް ގެންދަނީ ޑަބްލިއުއެޗްއޯ އިން ހުއްދަދޭ ބޭރުގެ ކަމާގުޅޭ ލެބަކަށް ފޮނުވައިގެނެވެ. އަދި އެގޮތަށް ސާމްޕަލްތައް ބޭރަށް ފޮނުވައިގެން ނަތީޖާ ލިބެން ވަރަށް ގިނަ ދުވަސް ނަގާ ކަމަށް އެސެންޓަރުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު