ކޮރަޕްޝަންގެ މައްސަލަތަކަށް ސީދާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ނުފޫޒު އެބައޮތްކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިއަދު ވިދާޅުވީ އިންސާފު ގެނައުމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގަތް ރައީސް ޞާލިހުގެ އަމާޒަކީ އިދިކޮޅު ލީޑަރު ފްރޭމްކޮށް ނުހައްގުން އަދަބުދިނުންކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައްވެސް ނުބެލޭކަމަށާއި ވެންޓިލޭޓަރާއި މަޙްލޫފްގެ މައްސަލައަށް ރައީސް ސާލިހުގެ ސީދާ ނުފޫޒު އެބައޮތްކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
މިސަރުކާރުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ފެއިލްވެފައިވާކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، މިދިޔަ 6 މަސްދުވަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުޤީޤްކުރުމަށް ފޮނުވާފައިވަނީ އެންމެ 8 މައްސަލައެވެ.
އޭސީސީން ތަހުޤީޤުކޮށްފައި ޕީޖީއަށް ފޮނުވާ ބައެއް މައްސަލަތައް ފޮނުވިނަމަވެސް، އެކަށީގެންވާ ހެކި ނުހުންނަކަމަށް ބުނެ، ނުވަތަ ވަކި ކަމެއް ފުރިހަމަނުވާކަމަށް ބުނެ މައްސަލަތައް އޮންނަނީ ފުނި ޖެހިފައެވެ.

އިންސާފުގެ ބެރުޖަހަމުން ވެރިކަމަށް ވަޑައިގަތް @ibusolih ގެ ހަމައެކަނި އަމާޒަކީ އިދިކޮޅު ލީޑަރ ފްރޭމްކޮށް ނުޙައްޤުން ޢަދަބުދިނުން.ކޮބައިތޯ ކޮރަޕްޝަންގެ މައްސަލަތައް ބެލިފައި؟ ވެންޓިލޭޓަރ އާއި މަޙްލޫފްގެ މައްސަލަ އަށް މަނިކުފާނުގެ ސީދާ ނުފޫޒް އެބައޮތް. އެލިސްޓް ވަރަށް ދިގު. pic.twitter.com/pUeTu2STuQ
— Mohamed Jameel Ahmed (@MJameelAhmed) August 22, 2021
މިސަރުކާރުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ފެއިލްވެފައިވާކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، މިދިޔަ 6 މަސްދުވަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުޤީޤްކުރުމަށް ފޮނުވާފައިވަނީ އެންމެ 8 މައްސަލައެވެ.
އޭސީސީން ތަހުޤީޤުކޮށްފައި ޕީޖީއަށް ފޮނުވާ ބައެއް މައްސަލަތައް ފޮނުވިނަމަވެސް، އެކަށީގެންވާ ހެކި ނުހުންނަކަމަށް ބުނެ، ނުވަތަ ވަކި ކަމެއް ފުރިހަމަނުވާކަމަށް ބުނެ މައްސަލަތައް އޮންނަނީ ފުނި ޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު