މާލޭޭގައި ހުންނަ މާލެ ސްކްޔާ ފްލެޓް އިމާރާތުގައި ހުންނަ ކޭ އެފް ސީ- މިއީ އާންމު ހާލަތުގައި ވަތަށް ކާރޫބާރޫ ބޮޑު ސަރަހައްދެއް (ރަސް ފޮޓޯ- ޝާހް)
މާލޭޭގައި ހުންނަ މާލެ ސްކްޔާ ފްލެޓް އިމާރާތުގައި ހުންނަ ކޭ އެފް ސީ- މިއީ އާންމު ހާލަތުގައި ވަތަށް ކާރޫބާރޫ ބޮޑު ސަރަހައްދެއް (ރަސް ފޮޓޯ- ޝާހް)
ރިސޯޓް ތަކުން މާލެ އައިސް މާލޭގައި ތާށިވެފައި ތިބި މުވައްޒަފުން ރަށަށް ފޮނުވުމުގެ ކުރިން ކަރަންޓީނަށް ފޮނުވަން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު ވިދާޅުވީ ރިސޯޓްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 600 އަށް ވުރެ ގިނަ މުވައްޒަފުން އާއިލާ ކައިރިއަށް ރަށަށް ދާން އެދިފައިވާކަމަށެވެ.

"މިވަގުތު ރަށަށް ދާން ވަރަށް ގިނަ ބަޔަކު އެބަ އެދޭ. މިދަނޑިވަޅުގައި ލޮކްޑައުންގައި ތާށިވި މީހުން އެދުން ވަރަށް މުހިއްމު. ރިސޯޓުތަކުން އައިސް މާލޭގައި ތާށިވި 150 މުވައްޒަފަކު އެދިފައިވޭ ރަށަށް ދާން. އޭގެ ތެރެއިން ތިން ބައި ކުޅަ އެއް ބައި ވަނީ ކަރަންޓީނަށް ފޮނުވާފައި." މިނިސްޓަރ ވިދާޅުވިއެވެ.

ރިސޯޓުތަކުގައި މިވަގުތު ރަށަށް ނުދެވި ތިބި މުވައްޒަފުން އިތުރު ކަރަންޓީން އެއް ފުރިހަމަކުރަން ނުޖެހޭނެ ކަމަށާއި އެ މީހުންނަކީ މާލެ ވެސް ނައިސް، އަދި އިތުރު ކަރަންޓީނަކާ ވެސް ނުލައި ސީދާ ރަށަށް ދެވޭނެ މީހުން ކަމަށް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ. އަދި އެއީ އެޗްޕީއޭ އިން މުވައްޒަފުން ފޭބުމުގެ ހުއްދަ ދީފައި ހުރި ރިސޯޓްތައް ކަމަށްވެސް އަލީ ވަޙީދު ވިދާޅުވިއެވެ.

އެ މުވައްޒަފުން އާއިލާ ކައިރިއަށް ރަށަށް ގެންދިއުމުގެ ކަންކަން އެރިސޯޓު ތަކާއި މޯލްޑިވިއަން އާއި ގުޅިގެން ކުރައްވާނެ ކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.

ރިސޯޓު ތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މިހާރުވެސް ބައެއް ރިސޯޓު ތަކުން ވަނީ ރަށަށް ފޮނުވާފައެވެ. އަދި ބައެއް ރިސޯޓުތަކުން ވަނީ ހާއްޞަ ހުއްދައެއްގެ ދަށުން މާލޭގައި ދިރިއުޅޭ ފަރާތްތައް މާލެ ފޮނުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން