ޕްރައިމަރީއާ ނުލައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ދީފިނަމަ އެމްޑީޕީގެ ތަސައްވުރު ކިލަނބުވާނެކަަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހަށް މަޖިލީހުގައިވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ މެމްބަރު ވައްޑެ މިހެން ވިދާޅުވީ "އެމްޑީޕީން ރިޔާސީ ޕްރައިމަރީއަކަށް ދާނެބާ، ނުދާނެބާ،" މި ނަމުގައި ކްލަބް ހައުސްގައި ކުރިއަށް ގެންދިޔަ ފޯރަމެއްގައި ވާހަކަދައްކަވަމުންނެވެ.
ފޯރަމްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއީދު ކުރަށްވާ ވައްޑެ ވިދާޅުވީ އެމްޑީޕީން ވާދަކުރާ ހުރިހާ އިންތިޚާބަކަށްވެސް ކެންޑިޑޭޓުން ކަނޑައަޅަނީ ޕްރައިމަރީންކަމަށެވެ. އަދި އެ ނޫން ގޮތަކަށް އެއްވެސް އިންތިޚާބަކަށް ކެންޑިޑޭޓުން ކަނޑައަޅާފައި ނުވާކަމަށް ވައްޑެ ވިދާޅުވިއެވެ. ވައްޑެ ވިދާޅުވީ ޕްރައިމަރީއަކާއި ނުލައި ރިޔާސީ ޓިކެޓް ދީފިނަމަ އެމްޑީޕީގެ ތަސައްވަރު ވަރަށް ބޮޑަށް ކިލަނބުވެގެންދާނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓާއިމެދު ބަހުސެއް އުފެދިފައިވާއިރު، ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް އޮންނަކަމަށްވާނަމަ ވާދަކުރައްވާނެކަން އިޢުލާން ކުރަށްވާފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ އިންތިޚާބުގައި ވާދަކުރުމާއިމެދު ވަކި ގޮތެއް ނުނިންމަވައެވެ. އެކަމަކު އެފަދަ އިޝާރާތެއް އެމަނިކުފާނު މިހާރު ވަނީ ދެއްވާފައެވެ.
އެމްޑީޕީގެ ތެރެއިން ބައެއް ބޭފުޅުން ޕްރައިމަރީއަކާއި ނުލައި ރައީސް ޞާލިހަށް ޓިކެޓް ދިނުމަށް ގޮވާލިނަމަވެސް، ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އެކަމާއި ދެކޮޅެވެ. ނަމަވެސް އެޕާޓީގެ މެންބަރަކު ރައީސް ކަމުގައި ހުންނެވި ނަމަ ވެރިކަމުގެ ދެވަނަ ދައުރަކަށް ޕްރައިމަރީއަކާ ނުލައި ފުރުސަތު ދިނުމަށް އަސާސި ގަވާޢިދުގައި ލިޔެފައި ވާކަމަށް އެޕާޓީގެ ބައެއް އިސް ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު