ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް އެދި ހުޅުމާލޭ ރައްޔިތުންގެ ފަރާތުން ސިޓީ ކައުންސިލަށް ރޭ ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭގެ ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ހުށަހެޅި މި ޕެޓިޝަނާ ޙަވާލުވެވަޑައިގެންނެވީ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމައު މުޢިއްޒެވެ.

ޕެޓިޝަން ޙަވާލުކުރުމަށް ފުރުޞަތު ހޯދުމަށް ވާހަކަދައްކަވަމުން އެފަރާތުން ވިދާޅުވީ މި ބައްދަލުވުމުގައި ހުށަހެޅުމަށް ޕެޓިޝަން ތައްޔާރުކުރީ މިކަންކަން ބަދަލުކުރުމަށް ރައްޔިތުން އެދޭތީކަމަށެވެ. މިކަމުގެ ޝައުގުވެރިކަން ހުރި މިންވަރު ހާމަކުރައްވައި އޭނާ ވިދާޅުވީ މިކަމުގެ ފުރުޞަތު ހުޅުވާލައި 10 ގަޑިއިރުގެތެރޭގައި 1800 މީހުން ޕެޓިޝަންގައި ސޮއިކޮށްފައިވާކަމަށެވެ.

ރޭގެ ބައްދަލުވުމުގައިވެސް ގިނަ ރައްޔިތުން ވަނީ އެމީހުންގެ ޝުޢޫރުތައް ފާޅުކޮށްފައެވެ. ގިނަ ފަރާތްތަކުން ފާހަގަކުރީ އެޗް.ޑީސީގެ ދަށުން މުނިސިޕަލް ޚިދުމަތް ވަކިކޮށް ސިޓީ ކައުންސިލާ ޙަވާލުކުރަންޖެހޭކަމަށެވެ. އެގޮތުން ބައެއް ރައްޔިތުންނަށް ފެންނަ ގޮތުގައި މިހިނދުން މިހިނދަށް މި ޚިދުމަތް ބަދަލުވާންޖެހޭކަމަށް ބުނެފައި ވެއެވެ.

މިހާރު އޮތް ގޮތުން ދިވެހި ރައްޔިތުންނަށް ނެތް ފުރުޞަތުތައް ބިދޭސީންނަށް ހުޅުމާލޭގައި ލިބިގެންދާކަންވެސް ގިނަ ބަޔަކު ފާހަގަކުރިއެވެ. އަދި ޢާއްމު ދިރިއުޅުމުގައި ޢާމްދަނީ އިތުރުކޮށްލަން ކުރަންޖެހޭ ހެދިކާ ވިއްކުން ފަދަ ބައެއް މަސައްކަތްތަކާ އަދި ގަސްއިންދުންފަދަ ބައެއް މަސައްކަތްތައް ކުރުމުން އެޗް.ޑީ،ސީގެ ފަރާތުން އެކަން މަނާކުރާކަމާއި، ބިދޭސީން ގަވައިދާ ޚިލާފަށް ކޮންމެ ވިޔަފާރިއެއްކުރިނަމަވެސް އެކަން މަނާކުރަމުން ނުދާކަންވެސް ބައެއް ރައްޔިތުން ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން