ބީއެމްއެލްގެ މުވައްޒަފުން 6 ރަށެއްގައި އިޖްތިމާއީ ހަރަކާތްތަކެއް ހިންގައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނީ މިއީ ވޯލްޑް ހިއުމަނިޓޭރިއަން ޑޭ ފާހަގަކުރުމުގެ ގޮތުން އަތޮޅުތެރޭގައި ގާއިމްކުރެވިފައިވާ ބީއެމްއެލްގެ ބްރާންޗްތަކުގެ މުވައްޒަފުން އިސްނަގައިގެން މުޖުތަމައަށް އެހީތެރިވުމަށް ބޭއްވި ހަރަކާތްތަކެއްކަމަށެވެ.
މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ ށ. ފުނަދޫ، ނ. މަނަދޫ، ފ. ނިލަންދޫ. ތ. ގުރައިދޫ، ގދ. ތިނަދޫ އަދި އައްޑޫ ސިޓީގައިކަމަށް ބީއެމްއެލްއިން ބުނެއެވެ.
މިގޮތުން ކުރިޔަށް ގެންގޮސްފައިވާ ހަރަކާތްތަކަކީ:
- ށ. ފުނަދޫ ގެ ބަނދަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ ހަޓް ވަނީ ތަރައްގީކޮށްފައެވެ. މީގެ އިތުރުން މިތަން ސާފުކޮށް ކުލަލުމުގެ އިތުރުން ކުޑަދޮރުތަކުގައި ބްލައިންޑްސް ވަނީ ހަރުކޮށްފައެވެ.
- ނ. މަނަދޫގެ އިރުމަތީ ފަރާތުގެ އަތިރިމަތީ ސަރަހައްދުގައި 25 ޖޯލި ބަހައްޓައި ރަށުގެ ކުޑަކުދިން ބޭނުންކުރުމަށް ހާއްސަކޮށް އުނދޯލި ވަނީ ހަރުކޮށްފައެވެ.
- ފ. ނަލަންދޫ ބްރާންޗުގެ މުވައްޒަފުންވަނީ ނިލަންދޫ ބީޗް ސަރަހައްދު ތަރައްގީކޮށްފައެވެ. މިގޮތުން، މި ސަރަހައްދުގައި ހުރި ޖޯލިތައް ބަދަލުކޮށް، ޑަސްޓްބިން ބަހައްޓައި، މޫދަށްދާ ފަރާތްތަަކަށް ފެންވެރުމަށް ހާއްސަ ތަނެއް ގާއިމްކޮށް، ބާބަކިއު ސްޓޭންޑް ބަހައްޓައި، މި ސަރަހައްދުވަނީ އިތުރަށް ޒީނަތްތެރިކޮށްފައެވެ.
- ތ. ގުރައިދޫ ބްރާންޗް މުވައްޒަފުންވަނީ އެރަށުގެ ޔޫތް ސެންޓަރުގެ އެތެެރެ އާއި ބޭރު ފާރުގައި ކުލަލައި މި ސެންޓަރުގެ ހުރިހާ ލައިޓްތައް ބަދަލުކޮށްފައެވެ.
- ގދ. ތިނަދޫ ބްރާންޗުގެ މުވައްޒަފުން ވަނީ ރަށުގެ މިއުޒިއަމް ޕާކްގައި ކުލަލައި އެތަން ޒީނަތްތެރިކޮށްފައެވެ.
- އައްޑޫ ސިޓީ ހިތަދޫ ބްރާންޗުގެ މުވައްޒަފުންނާއި، ގަން ބްރާންޗުގެ މުވައްޒަފުންގެ އިތުރުން ބީއެމްއެލް ކޮންޓެކްޓް ސެންޓަރގެ މުވައްޒަފުން ގުޅިގެން ވަނީ 'ހަންކެޑަ' ޕިކްނިކް ސަރަހައްދަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ. މިގޮތުން ސަރަހައްދު ސާފުކޮށް ޑަސްޓްބިން ބަހައްޓައި މި ސަރަހައްދު ފާހަގަކުރުމަށް ނަން ބޯޑު ބަހައްޓާފައިވެއެވެ.
ބީއެމްއެލްގެ އަތޮޅު ތެރޭގެ ބްރާންޗްތަކާއި، ބީއެމްއެލްގެ ވޮލަންޓިއަރުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ހަރަކާތްތަކަކީ މުޖުތަމައުގެ ލާބަ އާއި މަންފާއަށް ހިންގުނު ހަރަކާތްތަކެއްކަމަށާއި މިއަހަރުގެ މާރިޗު މަހުގައިވެސް ބޭންކުގެ މުވައްޒަފުން ވަނީ މިފަދަ ހަރަކާތްތަކެއް ހިންގާފައިކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު