އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތާޢީދުކުރައްވާނީ ބަރުލަމާނީއަށް ތާއީދުކުރާ ކެނޑިޑޭޓުންނަށްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ޤާއިމްކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން އިތުރު މަސައްކަތްތަކެއް ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އައު ދައުރަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން، އެމަނިކުފާނު ތާއީދުކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް ކަމަށެވެ.
ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތާޢީދުކުރަށްވާނީ ބަރުލަމާނީއަށް ތާއީދުކުރާ ކެންޑިޑޭޓުންނަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަންގެ މެމްބަރުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.
ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށައަޅާ ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް އިއްޔެ ހަވީރު ފަށާފައިވަނީ ރަށްދެބައިމަގު ބަރުބަރީ ހޮޓަލުގައެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ރައީސް މުހަންމަދު ނަޝީދުގެ އަރިސް މަޖިލީސް މެމްބަރެއް ކަމަށްވާ އިބްރާހިމް ރަޝީދު (ބޮންޑޭ)އެވެ.
ޕެޓިޝަނުގައި ސޮއިކުރުން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ބަރުލަމާނީ ނިޒާމަކަށް ވައުދު ވެފައިކަމަށެވެ. އަދި މިއަދު ސޮއިކުރަން ފެށި ޕެޓިޝަނުގެ ބޭނުމަކީ އެ ވައުދު ފުއްދުމަށް ބާރު އެޅުމަށް ރައީސަށް ދެންނެވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސަށް ހުށައަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ މެމްބަރުން ސޮއިކުރުމަށް އެދިވަޑައިގެންފައެވެ. އަދި މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

MDP ge Qaumee Majlis ge au dhaurah ah kurimathi lavvafavaa candidatunge therein ‘Barulamaanee Nizam’ ah thaaidhu kurava huriha candidatun ah alhugadu thaaidh kuran pic.twitter.com/EOQFGbytGN
— Mohamed Nasheed (@MohamedNasheed) August 22, 2021
ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތާޢީދުކުރަށްވާނީ ބަރުލަމާނީއަށް ތާއީދުކުރާ ކެންޑިޑޭޓުންނަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަންގެ މެމްބަރުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.
ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށައަޅާ ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް އިއްޔެ ހަވީރު ފަށާފައިވަނީ ރަށްދެބައިމަގު ބަރުބަރީ ހޮޓަލުގައެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ރައީސް މުހަންމަދު ނަޝީދުގެ އަރިސް މަޖިލީސް މެމްބަރެއް ކަމަށްވާ އިބްރާހިމް ރަޝީދު (ބޮންޑޭ)އެވެ.
ޕެޓިޝަނުގައި ސޮއިކުރުން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ބަރުލަމާނީ ނިޒާމަކަށް ވައުދު ވެފައިކަމަށެވެ. އަދި މިއަދު ސޮއިކުރަން ފެށި ޕެޓިޝަނުގެ ބޭނުމަކީ އެ ވައުދު ފުއްދުމަށް ބާރު އެޅުމަށް ރައީސަށް ދެންނެވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސަށް ހުށައަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ މެމްބަރުން ސޮއިކުރުމަށް އެދިވަޑައިގެންފައެވެ. އަދި މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު