ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް މާލޭ ސިޓީކައުންސިލްގެ ގާނޫނީ ޒިންމާ އަދާކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށް މޭޔަރު ޑރ. މުހަންމަދު މުއިއްޒު ރޭ އެދިވަޑައިގެންފިއެވެ.

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހުޅުމާލޭގެ ރައްޔިތުންގެ ބައްދަލުވުމުގައި ރޭ ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނުން ސިޓީ ކައުންސިލާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ހުރަސް އެޅިފައިވާ ކަމަށާއި، އެކަމަށް ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިއްމަންޖެހޭ ކަމަށެވެ. އެއީ ގާނޫނު ބަދަލުކޮށް އިހުތިސާސް ބަދަލުކޮށް ސަރުކާރު ކުންފުނިތައް ގާނޫނީ އިމުގެ ތެރެއަށް ވައްދައިގެން ނަމަވެސް އެ ކައުންސިލްގެ ޒިންމާ އަދާކުރެވޭނެ ގޮތެއް ހައްދަވައިދެއްވުމަށް މޭޔަރު ޑރ. މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

" މިއިން ކޮންމެވެސް އެެއްކަމެއް ވާންޖެހޭނެ އެހެން ނޫނީ ރޫލް އޮފް ލޯ އެއް ނެތް،ޑިމޮކްރަސީ އެންމެ ބޮޑު ހަމައަކީ ގާނޫނު ދެމެއްޓުން، އެއެއް ނެތް، އެ ހަމަ ނެތިއްޔާ މިތަނުގައި ކޮން ހަމަޔެެއް ލަމައެއްތޯ އޮންނާނީ، މިއީ ވިސްނަންޖެހޭ ކަމެއް" ޕީޕިއެމްގެ ނާއިބް ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭ ސިޓީގެ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރި ފުރަތަމަ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ ހުޅުމާލެ އަކީ ސިޓީ ކައުންސިލްގެ އިހްތިސާސް ހިނގާ ތަނެއް ކަމަށާއި، އެތަނުގައި އެއްވެސް ސަރަހައްދެއްގައި ސަރުކާރުގެ ކުންފުންޏަކުން މަޝްރޫއެެއް ހިންގާނަމަ އެކައުންސިލާއި މަޝްވަރާ ކުރަންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެޗްޑީސީން އެތައް މަޝްރޫއެއް ކޮންމެ ދުވަހަކުވެސް ހިންގައި ނިއްމާއިރު އެ ކައުންސިލާއި މަޝްވަރާ ނުކުރާކަމަށް މޭޔަރު ވިދާޅުވިއެވެެ.

"އަޅުގަނޑުމެން ޗާޓް ވެސް އެޓޭޗްކޮށް އެޗްޑީސީއަށް ސިޓީ ފޮނުވައިފިން އެހެން ނުހައްދަވާށޭ ތިބޭފުޅުންގެ މައްޗަށް ލާޒިމްވެގެންވެއޭ ސިޓީކައުންސިލާ މަޝްވަރާކުރުން ހުޅުމާލޭގައި އެއްވެސް މަޝްރޫއެއް ކުރިއަށް ހިންގަންޏާ. އަޅުގަނޑަކަށް ނޭގެ ގާނޫނަށްވުރެ މާ މަތީގަައި އެޗްޑީސީއަަށް މަސައްކަތް ކުރުމުގެ ބާރެއް ރައީސް ދެއްވާފައި އޮންނަނީބާއޭ ކިހިނެތްބާ އޭ މިވަނީ. އެޗްޑީސީން މި މަސައްކަތްކުރަނީ ޗާޓުން ބޭރުން ކިހިނެތްބާއޭ. އަދި އެހެން ބައެއް ކުންފުނިތަކުން މިހެން މަސައްކަތް ކުރަނީ ކޮން ހަމަޔަކުން ބާއޭ؟" ކުރީގެ ހައުސިން މިނިސްޓަރު ކަން ކުރެއްވި ޑރ. މުއިއްޒު ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން