ބްރެޒިލުން ރާއްޖެ އައި މީހެއްގެ އަތުން ޖުމްލަ 16.72 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމުން ބުނީ 2021 އޮގަސްޓް 18 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 29 އަހަރުގެ ބްރެޒިލް އަންހެނެއްގެ ޢަމަލުތައް ހުރިގޮތުން އެމީހާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށެވެ. އަދި ފުރަތަމަ މަރުޙަލާގައި ކަސްޓަމްސް އިން މިތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިނަށް ޕޮޒިޓިވް ވެފައިކަމަށާއި އެ މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 16.723 ކިލޯގުރާމް ހުރިކަމަށް ކަސްޓަމުން ބުނެއެވެ.
މިމައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު އަށްޑިހަ ތިން މިލިއަން ރުފިޔާއަށް އަރައެވެ. އަދި މިމައްސަލާގައި ޝާމިލްވާ ފަރާތާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައެވެ.

ބްރެޒިލް އިން ރާއްޖެއައި މީހެއްގެ އަތުން 16.72 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި! pic.twitter.com/9azpxXHspO
— Maldives Customs (@CustomsMv) August 22, 2021
މިމައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު އަށްޑިހަ ތިން މިލިއަން ރުފިޔާއަށް އަރައެވެ. އަދި މިމައްސަލާގައި ޝާމިލްވާ ފަރާތާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު