އަހުމަދު މަސްނޫމް   22 އޯގަސްޓު 2021 - 19:54
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު މިއަދު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ މިއަދު މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 75 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 11:20ގައިކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.



މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވި 223 ވަނަ މީހާއެވެ. ކޯވިޑް ޖެހިގެން ރާއްޖެއިން އެންމެފަހުން މީހަކު ނިޔާވީ މީގެ 18 ދުވަސް ކުރިން، މިމަހުގެ 3 ވަނަ ދުވަހުއެވެ. މިއީ ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 223 ވަނަ މީހާއެވެ. މީގެ ތެރޭގައި ހިމެނެނީ 204 ދިވެހިންނާއި 19 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން