ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް ހަމަޖައްސައިފިއެވެ.

ޗައިނާއިން ރާއްޖެއަށް ސަފީރެއްގެ ގޮތުގައި މިފަހަރު ހަމަޖައްސާފައިވަނީ އަންހެން ބޭފުޅެކެވެ. އެއީ ވޭންގް ލީޝިން އެވެ.

އާ ސަފީރު ރާއްޖެ ވަޑައިގަތުމަށް ފަހު ވިދާޅުވީ އެކަމަނާ ރާއްޖެ ވަޑައިގަތީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ރާއްޖެއާއި ޗައިނާގެ ގުޅުން އާ ހަރަފަތަކަަށް ގެންދިއުމަށް އެކަމަނާ ތައްޔާރަށް ހުންނެވި ކަމަށް ސަފީރު ވިދާޅުވިއެވެ. މީގެއިތިރުން އާ ސަފީރު ވަނީ ރާއްޖޭގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.



ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި ޖަންގް ލީ ޖޮންގްގެ ސަފީރު ކަމުގެ މުއްދަތުގެ ހަމަވަމުންނެެވެ. ކުރީގެ ސަފީރަކީ ރާއްޖޭގައި މަސައްކަތް ކުރެއްވި ބޭރު ގައުމުތަކުގެ ސަފީރުންގެ ތެރެއިން ވަރަށް މަޝްހޫރު އަދި ގިނަ ދިވެހިން ވަރަށްގާތް ރަހުމަތްތެރި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު