އެމްޓީސީސީއިން ކުރިއަށްގެންދާ ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް މިއަދު ނިންމާލައިފިއެވެ.
މިމަޝްރޫޢުގެ ދަށުން ކުރިއަށްދާ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 56 ޕަސެންޓް މަސައްކަތް ނިންމާލެވިފައިވާކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. 42.1 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލުމަށް އަމާޒުކޮށްފައިވާކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. އަދި ހަމަ މި މަޝްރޫޢުގެ ދަށުން 1،430 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު