އިގްތިސާދީ ގޮތުން ކިތަންމެ ބޮޑު ގެއްލުމެއް ވީނަމަވެސް ރިސޯޓް އޯނަރުންގެ ފުރިހަމަ އެހީތެރިކަން ސަރުކާރަށް ލިބެމުންދާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
އެންއީއޯސީ ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓަރު އަލީ ވަހީިދު ވަނީ މި ހާލަތުގައިވެސް 100 އަށްވުރެ ގިނަ ރިސޯޓުން ލޭންޑް ރެންޓް ދައްކާފައިވާކަން ފާހަގަކުރައްވައި އެކަމަށްޓަކާ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން އަލީ ވަހީދު ވަނީ ޓޫރިޒަމް ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާތަކާއި ސަރުކާރާ ދެމެދު އޮތީ ރަނގަޅު ގުޅުމެއް ކަމަށް ވިދާޅުވެފައެވެ.
"މަޓީއަކީ ހަމައެކަނި ބޯޑުގައި ތިބި ވިޔަފާރިވެރިންކަމަށް ދެކިގެން ނުވާނެ. އެ ބޭފުޅުން އެ ރެޕްރެޒެންޓް ކުރަނީ އެތައް ރައްޔިތުންނެއް ވިޔަފާރިއެއް. މަޓީއާއި ސަރުކާރާއި ދެމެދު މަައްސަލައެއް ނެތް." މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.
ކޯވިޑް-19 އާ ގުޅިގެން އިގްތިސާދަށް ލިބޭ ގެއްލުން ތަކަށް އެހީވާން، ސަރުކާރުން ނެރުނު ރިލީފް ޕެކޭޖުން މާ ބޮޑު ފައިދާއެއް ސިނާއަތަށް ނުކުރާ ކަމަށް ބުނެ، ފަތުރުވެރިކަމުގެ ސިނާޢަތުގެ ބާނިން ހިމެނޭ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވަނީ ފާޑުކިޔާފައެވެ. މިކަމަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުން އިކޮނަމިކް މިނިސްޓަރ ފައްޔާޒު ހަސަން ވަނީ އެއީ ސަރުކާރުގަައި ކޮޅުފައިން ޖެހުން ކަމަށް ވިދާޅުވެ މަޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެކަމާއި ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މަޓީއާއި ސަރުކާރާ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. އަދި މަޓީގެ އެންމެ އިސްވެރިންނާއި ކޮންމެ ދުވަހަކު ފޯނުން މަޝްވަރާ ކުރަށްވާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އަލީ ވަޙީދުވަނީ ޗަންޕާ އަފީފާއި، މުޙައްމަދު އުމަރު މަނިކުގެ ނަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވަނީ އަލުން ޓޫރިޒަމް ވިޔަފާރި ފަށައިގަންނައިރު މިއީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކުރަންވީ ދަނޑިވަޅު ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ޓުއަރިޒަމާ ގުޅުން ހުރި ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ކަމަށް ގާބިލު ދިވެހިން އެބަ ތިބި ކޮންމެ ކަމެއް ވެސް ކުރެވޭނެ. އެކަމަކު އެކަށީގެންވާ މުސާރައެއް ދެވޭނަމަ." މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މުޅިން ވަނީ ހުއްޓިފައެވެ. މިއީ ރާއްޖޭގައި ޓޫރިޒަމް ފެށުނު ފަހުން އެ ދާއިރާ ހުއްޓާލަން ޖެހުނު ފުރަތަމަ ފަހަރެވެ.
ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން އަދިވެސް ބޯޑަރު ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު