އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ތައްޔާރުކުރަމުންދާ ބަރުލަމާނީ ޕެޓިޝަނަކީ އެމަނިކުފާނު ލަދުގަންނަވަރުގެ އެއްޗަކަށްވާނެ ކަމަށް އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް އުޅުއްވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވިދާޅުވެއްޖެއެވެ.
ފުރަހަނި ޝުއައިބު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ހުށައަޅާ ޕެޓިޝަނެއްގެ މަސައްކަތް ރައީސް ނަޝީދުގެ ފެކްޝަނުން ފަށާފައިވާތީ އެކަމަށް ފާޑުވިދާޅުވަމުންނެވެ.
މިކަމާއި ގުޅިގެން ފުރަހަނި ޝުއައިބު ވިދާޅުވީ ރައީސް ނަޝީދުގެ އަމުރަށް ބަރުލަމާނީ ގެންނަން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ތައްޔާރުކުރާ ޕެޓިޝަންއަކީ ރައީސް ނަޝީދު ލަދު ގަންނަވަރުގެ "ސިޔާސީ ރަޑަ ހޭވުމަކަށް" ވާނެކަމަށެވެ. އަދި ބޮޑުވަޒީރުގެ މަޤާމަކީ ރައީސް ނަޝީދު ބޮޑާ ހޭކުމުން ދޭންޖެހޭ އެއްޗަކަށް ވެގެންނުވާނެކަމަށް ޝުއައިބު ވިދާޅުވިއެވެ.
"ރައީސް ނަޝީދުގެ އަމުރަށް ބަރުލަމާނީ ގެންނަން އެމްޕީ އިބްރާހިމް ރަޝީދު (ބޮންޑަ) ތައްޔާރުކުރާ ޕެޓިޝަނަކީ މުހައްމަދު ނަޝީދު (އަންނި) ލަދުގަންނަވަރުގެ ސިޔާސީ ރަޑަ ހޭވުމަކަށް ވާނެ." ޝުޢައިބު ވިދާޅުވެފައި ވެއެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް އެމްޑީޕީން ވެފައިވާ ވަޢުދު ފުއްދުމަށް މަސައްކަތް ނުކުރާތީ އެކަމަށް ގޮވާލުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވާ ފުރަހަނި ޝުޢައިބު އެމްޑީޕީގައި އަދާކުރަމުން ގެންދެވި އިސް މަގާމުތަކުން ދުރުކޮށް އޭނާއާއި މެދު ފިޔަވަޅު އަޅާފައިވަނީ ރައީސް ނަޝީދާއި ޚިޔާލުތަފާތުވެ ރައީސް ނަޝީދުގެ ބައެއް އަމަލުފުޅުތަކަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ މައްސަލައިގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސަށް ހުށައަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ މެމްބަރުން ސޮއިކުރުމަށް އެދިވަޑައިގެންފައެވެ. އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އައު ދައުރަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން، އެމަނިކުފާނު ތާއީދުކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރު ކަމުގެ މަގާމު ރައީސް ނަޝީދު ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވަނީ އަމިއްލަފުޅަށް ރައީސް ޞާލިހަށް ހުށައަޅުއްވާފައެވެ. އެކަމުގައި ރައީސް ޞާލިހުގެ ފަރާތްޕުޅުން އެންމެ އެދެވޭ ޖަވާބެއް ލިބިވަޑައި ނުގެންނެވުމުން ރައީސް ޞާލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑުއްވާލައްވައި އިދިކޮޅު ޕީޕީއެމާއެކު މަސައްކަތް ކުރެއްވުމަށް ވެސް ތައްޔާރަށް ހުންނެވިކަން ރައީސް ނަޝީދު ވަނީ އިޢުލާން ކުރަށްވާފައެވެ. އަދި ރައީސް ޞާލިޙުގެ ވެރިކަން ބަލިކަށި ކޮށްލުމަށް އެމްޑީޕީގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވަނީ ވެސް ރައީސް ނަޝީދު ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެއެވެ.

Raees Nasheed ge amurah, Barulamaanee gennan MP Ibrahim Rasheed (Bonda) @BondeM4 thayaaru kuraa petition akee @MohamedNasheed (Anni) ladhugan varuge siyaasee rada hey vumakah vaane. PM kamakee Anni bodaa haakaigen @ibusolih (Ibu) dheyn jehey echakah vegen nuvaane @MDPSecretariat pic.twitter.com/mCZ6ie7EDh
— Shuaib Ali 🇲🇻 ❤️ 🇵🇸 (@ShuaibMaldives) August 22, 2021
"ރައީސް ނަޝީދުގެ އަމުރަށް ބަރުލަމާނީ ގެންނަން އެމްޕީ އިބްރާހިމް ރަޝީދު (ބޮންޑަ) ތައްޔާރުކުރާ ޕެޓިޝަނަކީ މުހައްމަދު ނަޝީދު (އަންނި) ލަދުގަންނަވަރުގެ ސިޔާސީ ރަޑަ ހޭވުމަކަށް ވާނެ." ޝުޢައިބު ވިދާޅުވެފައި ވެއެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް އެމްޑީޕީން ވެފައިވާ ވަޢުދު ފުއްދުމަށް މަސައްކަތް ނުކުރާތީ އެކަމަށް ގޮވާލުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވާ ފުރަހަނި ޝުޢައިބު އެމްޑީޕީގައި އަދާކުރަމުން ގެންދެވި އިސް މަގާމުތަކުން ދުރުކޮށް އޭނާއާއި މެދު ފިޔަވަޅު އަޅާފައިވަނީ ރައީސް ނަޝީދާއި ޚިޔާލުތަފާތުވެ ރައީސް ނަޝީދުގެ ބައެއް އަމަލުފުޅުތަކަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ މައްސަލައިގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސަށް ހުށައަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ މެމްބަރުން ސޮއިކުރުމަށް އެދިވަޑައިގެންފައެވެ. އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އައު ދައުރަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން، އެމަނިކުފާނު ތާއީދުކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރު ކަމުގެ މަގާމު ރައީސް ނަޝީދު ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވަނީ އަމިއްލަފުޅަށް ރައީސް ޞާލިހަށް ހުށައަޅުއްވާފައެވެ. އެކަމުގައި ރައީސް ޞާލިހުގެ ފަރާތްޕުޅުން އެންމެ އެދެވޭ ޖަވާބެއް ލިބިވަޑައި ނުގެންނެވުމުން ރައީސް ޞާލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑުއްވާލައްވައި އިދިކޮޅު ޕީޕީއެމާއެކު މަސައްކަތް ކުރެއްވުމަށް ވެސް ތައްޔާރަށް ހުންނެވިކަން ރައީސް ނަޝީދު ވަނީ އިޢުލާން ކުރަށްވާފައެވެ. އަދި ރައީސް ޞާލިޙުގެ ވެރިކަން ބަލިކަށި ކޮށްލުމަށް އެމްޑީޕީގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވަނީ ވެސް ރައީސް ނަޝީދު ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ހިޔާލު