ބަރުލަމާނީ ނިޒާމް ގެންނަން ކުރާ މަސައްކަތަކީ ވަކި އާއިލާއަކުން ވެރިކަން ކޮންޓްރޯލްކުރަން ޖަހާ މަޅިއެއްކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ބަރުލަމާނީ ނިޒާމާއި ގުޅޭ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އަލްހާން ފަހްމީ ވިދާޅުވީ މަޖިލިސް ރައީސްކަމުގެ މަޤާމުގައި ހުންނަަވައިގެން ރައީސް ނަޝީދު ގެންދަވަނީ ރައީސް ސާލިހާ ދެކޮޅަށް ނުކަސިޔާރު ހިމޭން ބަޣާވާތެއް ކުރަމުންކަމަށެވެ.
އަލްހާން ވިދާޅުވީ ބަރުލަމާނީ ނިޒާމް ގެންނަން ކުރާ މަސައްކަތަކީ ވަކި އާއިލާއަކުން ވެރިކަން ކޮންޓްރޯލްކުރަން ޖަހާ މަޅިއެއްކަމަށާއި، އެ މަޅީގައި ދިވެހިން ނުޖެހޭނެކަމަށެވެ. އަދި އެއީ އަވަށްޓެރި ސްރީލަންކާއިން ފެންނަ މަންޒަރުކަމަށްވެސް އަލްހާން ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމް ގެންނަން ރައީސް ނަޝީދުގެ ފެކްޝަނުން މަސައްކަތްތަކެއް ފަށާފައިވީނަމަވެސް ރައީސް ސާލިހުގެ ތާއީދެއް އެކަމަށް ނެތްކަން ހާމަވާގޮތަށް ރައީސް އޮފީހުން ވަނީ ވާހަކަދައްކާފައެވެ. "ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ވެރިކަމުގެ ނިޒާމުގެ މައްސަލާގައި ގޮތް ނިންމާނީ ރައްޔިތުންކަމަށް ރައީސް އަދިވެސް ވިދާޅުވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިސްނެންގެވުމަށް ފަށާފައިވާ ޕެޓިޝަނަށް ރައީސް މަރުޙަބާ ވިދާޅުވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
"މިއީ އާންމުން ބޭނުންވާ ބަދަލެއްތޯ ނޫނީ އާންމުންގެ މެދުގައި އޮތް ކަންބޮޑުވުމެއްތޯ ބެލުމަކީ ބޮޑުކަމެއް ނޫން. މީގެ ކުރިންވެސް ރައީސް ޞާލިޙް ވިދާޅުވެފައިވޭ ރިޔާސީ ނިޒާމު ބަދަލު ކުރުމަކީ އާންމުންގެ ނިންމުމެއްކަމަށް. ޕެޓިޝަން ފަށާފައިވަނީ އާންމުންގެ ހިޔާލު ދެނެގަތުމަށް. ވީމާ މި ޕެޓިޝަނަށް މަރުޚަބާ ކިޔަން." މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަންގެ މެމްބަރުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.
ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 155890 މީހުން ވޯޓުދިންއިރު، 95619 މީހުން ވަނީ ރިޔާސީ ނިޒާމަށް ވޯޓްދީފައިވެއެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ.

ރައީސް @ibusolih ގެ ވެރިކަން ނިޒާމު ބަދަކުކޮށްގެން ވައްޓާލަން @MDPSecretariat ގެ ރައީސް އަދި މަޖްލިސް ރައީސްގެ މަޤާމުގައި އިންނަވައިގެން @MohamedNasheed ހިންގަވާ ނުކަސިޔާރު ހިމޭން #ބަޣާވާތް މަ ކުށްވެރިކުރަން! pic.twitter.com/ScLpmQr2Mj
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 (@AlhanFahmy) August 22, 2021
އަލްހާން ވިދާޅުވީ ބަރުލަމާނީ ނިޒާމް ގެންނަން ކުރާ މަސައްކަތަކީ ވަކި އާއިލާއަކުން ވެރިކަން ކޮންޓްރޯލްކުރަން ޖަހާ މަޅިއެއްކަމަށާއި، އެ މަޅީގައި ދިވެހިން ނުޖެހޭނެކަމަށެވެ. އަދި އެއީ އަވަށްޓެރި ސްރީލަންކާއިން ފެންނަ މަންޒަރުކަމަށްވެސް އަލްހާން ވިދާޅުވިއެވެ.
ޑިމޮކްރަސީ އެއްގައި، #ބަރުލަމާނީގެ ނަމުގައި ވަކި އާއިލާއަކުން ވެރިކަން ކޮންޓްރޯލްކުރަން ޖަހާ މަޅިއެއްގައި ދިވެހިން ނުޖެހޭނެ!
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 (@AlhanFahmy) August 22, 2021
އަވައްޓެރި ސްރީލަންކާއިން ފެންނަ މަންޒަރަކީ އެއީ!
މިކިޔާ ބަރުލަމާނީގައި މަޖްލިސް މެމްބަުންނަކީ ހައްތަހާވެސް ތިލަފަތުން އަންނަ ހަސަންޓޭ އާ ހަސަންކޮ!
ބަރުލަމާނީ ނިޒާމް ގެންނަން ރައީސް ނަޝީދުގެ ފެކްޝަނުން މަސައްކަތްތަކެއް ފަށާފައިވީނަމަވެސް ރައީސް ސާލިހުގެ ތާއީދެއް އެކަމަށް ނެތްކަން ހާމަވާގޮތަށް ރައީސް އޮފީހުން ވަނީ ވާހަކަދައްކާފައެވެ. "ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ވެރިކަމުގެ ނިޒާމުގެ މައްސަލާގައި ގޮތް ނިންމާނީ ރައްޔިތުންކަމަށް ރައީސް އަދިވެސް ވިދާޅުވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިސްނެންގެވުމަށް ފަށާފައިވާ ޕެޓިޝަނަށް ރައީސް މަރުޙަބާ ވިދާޅުވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
"މިއީ އާންމުން ބޭނުންވާ ބަދަލެއްތޯ ނޫނީ އާންމުންގެ މެދުގައި އޮތް ކަންބޮޑުވުމެއްތޯ ބެލުމަކީ ބޮޑުކަމެއް ނޫން. މީގެ ކުރިންވެސް ރައީސް ޞާލިޙް ވިދާޅުވެފައިވޭ ރިޔާސީ ނިޒާމު ބަދަލު ކުރުމަކީ އާންމުންގެ ނިންމުމެއްކަމަށް. ޕެޓިޝަން ފަށާފައިވަނީ އާންމުންގެ ހިޔާލު ދެނެގަތުމަށް. ވީމާ މި ޕެޓިޝަނަށް މަރުޚަބާ ކިޔަން." މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަންގެ މެމްބަރުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.
ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 155890 މީހުން ވޯޓުދިންއިރު، 95619 މީހުން ވަނީ ރިޔާސީ ނިޒާމަށް ވޯޓްދީފައިވެއެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ.
ކިޔުންތެރިންގެ ހިޔާލު