މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުން އާއްމުކޮށް ނުފެންނަ ވައްތަރެއްގެ ނުރައްކާތެރި ބާވަތެއްގެ ބޯވައެއް ފެންނަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނީ މިދުވަސްވަރު ރާއްޖެ ސަރަޙައްދުން "ބްލޫ ރިންގްޑް އޮކްޓަޕަސް" ނަމަކަށް ކިޔާ ބޯވާގެ ވައްތަރެއް ފެންނަމުންދާކަމަށެވެ. މިއީ ރާއްޖޭގައި އާއްމުކޮށް އުޅޭ ބާއްވަތްތަކުގެ ބޯވަތަކާއި ހިލާފަށް ސައިޒުން ކުޑަ ބޯވައެއްނަމަވެސް އޭއްޗަށް ނުރައްކަލެއް އިހްސާސްވުމުން، ގަދަ ނޫކުލައިގެ ވިދުމެއް ހުންނަ ލަތްތަކެއް ހަންގަޑަށް އަރުވައެވެ.
މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނީ މި ބާވަތުގެ ބޯވަ ކާނާ ހޯދުމަށް ޝިކާރަކުރުމަށް ވިހަ މާއްދާއެއް އުފައްދާކަމަށާއި މިއީ ހިއްސުތަކާއި ބެހޭ ނާރުތަކަށް ހަމަލާދޭ ވިހަ މާއްދާއެއްކަމަށެވެ. އަދި އެމާއްދާ އަކީ އިންސާނުންނަށްވެސް ވަރަށް ނުރައްކާތެރި ވިހައެއްކަމަށާއި މިބާވަތުގެ ބޯވައިގައި އަތްލައި، ހިފާ އުޅޭނަމަ، އިންސާނުންގެ ގައިގައިވެސް ދަތް އަޅައި ވިހަދޫކުރުމުގެ ފުރުސަތު އޮންނަކަމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނެއެވެ. އަދި ހަށިގަނޑުގެ ތެރެއަށް މިވިހައިގެ އަސަރު ކޮށްފިނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގިނެތުން ފަދަ އަލާމާތްތައް ފެންނަން ފަށާކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެއެވެ.
މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނީ ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން، ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުންވެސް އެކަށީގެންވާކަމަށެވެ. އަދި މި ފަދަ ބޯވައެއްގެ ވިހައިގެ އަސަރު އިހްސާސްކުރެއްވިއްޖެނަމަ ވީހާ އަވަހަކަށް ސިއްހީ މާހިރަކަށް ދެއްކުމަށްވެސް މެރިން އިންސްޓިޓިއުންޓުން އިރުޝާދު ދެއެވެ. އަދި މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި އެން ދަލުގައި މި ބާވަތުގެ ބޯވައެއް ޖެހިފައި އޮތްނަމަ އެން ނަގަން އުޅުމުގައިވެސް މި ބޯވައިގައި ނުޖެހުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
ބަލާލަން ރީތި މި ބޯވަ ޓޭންކުތަކުގައި ގެންގުޅުން ރައްކާތެރި ނޫންކަމަށްވެސް އެ އިންސްޓިޓިއުންޓުން ބުނެއެވެ.

Spotted a tiny blue-ringed octopus and picked it up to have a closer look? We hope not! While it may look intriguing, this tiny octopus has a bite that can be fatal to humans. Please read our infograph for more info. pic.twitter.com/jOKsRCpJ6W
— Maldives Marine Research Institute (@MMRI_Maldives) August 22, 2021
މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނީ ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން، ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުންވެސް އެކަށީގެންވާކަމަށެވެ. އަދި މި ފަދަ ބޯވައެއްގެ ވިހައިގެ އަސަރު އިހްސާސްކުރެއްވިއްޖެނަމަ ވީހާ އަވަހަކަށް ސިއްހީ މާހިރަކަށް ދެއްކުމަށްވެސް މެރިން އިންސްޓިޓިއުންޓުން އިރުޝާދު ދެއެވެ. އަދި މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި އެން ދަލުގައި މި ބާވަތުގެ ބޯވައެއް ޖެހިފައި އޮތްނަމަ އެން ނަގަން އުޅުމުގައިވެސް މި ބޯވައިގައި ނުޖެހުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
ބަލާލަން ރީތި މި ބޯވަ ޓޭންކުތަކުގައި ގެންގުޅުން ރައްކާތެރި ނޫންކަމަށްވެސް އެ އިންސްޓިޓިއުންޓުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު