އިސްލާމް ދީނާއި ދެކޮޅު ފިކުރުތަކާއި ބެހޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މަޝްވަރާކޮށްފިއެވެ.

މި މަަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ އާއި ފުލުހުންނާއެކު މިއަދު އިސްލާމިކް މިނިސްޓްރީގައެވެ. މިމަޝްވަރާތަކުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.



މިމަޝްވަރާ ބައްދަލުވުމުގައި ޤާނޫނީ ބާރު ލިބިގެން މިފަދަ މައްސަލަތައް ހައްލުކުރުމަށް، ކަމާގުޅޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައިވެއެވެ. އަދި މިފަދަ މައްސަލަތައް ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމުގައި ހުރި ދަތިތަކާއި އެކަންކަން ޙައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންވެސްވަނީ މަޝްވަރާ ކޮށްފައެވެ.

އިސްލާމް ދީނުގެ ނަމުގައި ހިންގާ ހަރުކަށި ޢަމަލުތަކާއި، އިސްލާމީ އަޚްލާޤީ މިންގަޑުން ބޭރު ޢަމަލުތަކާއި އިސްލާމީ ޝަރީޢަތް ހުއްދަ ނުކުރާ ވިޔަފާރިތައް މުޖުތަމަޢުގައި ޢާއްމުވަމުންދާތީ، އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކާގުޅޭ ގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިކަމަށާއި އަދި މިފަދަ ކަންކަން ޙައްލު ކުރުމަށްޓަކައި ބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން