ރަސްފަރި ފަރަށްއަރާފައިވާ ބޯޓުން ތިމާވެއްޓަށް ގެއްލުންވާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައިނުވާކަމަށް ޓްރާސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ޓްރާސްޕޯޓް އޮތޯރިޓީން ބުނީ މިދިޔަ ބުރާސްފަތިދުވަހު ކ. ރަސްފަރި ފަރަށް އެރި ބޯޓް ފުންކުރުމަށް ކަމާބެހޭ މުއައްސަސާތަކާއި އުޅަނދުގެ ވެރިފަރާތާއި ގުޅިގެން މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މި އުޅަނދުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާކަމަށް އެއޮތޯރިޓީން ބުނެއެވެ.

ޓްރާސްޕޯޓް އޮތޯރިޓީން ބުނީ ބޯޓުގައި 1200 ޓަނުގެ ލޯ ސަލްފާ އައި.އެފް.އޯ އަދި 80 ޓަނުގެ ލޯ ސަލްފާ މެރިންގ ގޭސް އޮއިލް ބޯޓުގައި އެބަހުރިކަމަށާއި، މިތަކެތި ކަނޑަށް ބޭރު ނުވާނެގޮތަށް ކަންކަން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އުޅަނދުގެ ވެރިފަރާތަށް އަންގާފައިވާކަމަށްވެސް ޓްރާންސްޕޯޓުން ބުނެއެވެ.

އިންޑިޔާގެ ޓުޓުކޮރިންގ ބަނދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުންދިޔަ މިބޯޓު ފަރަށް އަރާފައިވަނީ ކާށިދޫ ކަނޑުގެ ދެކުނުން އިންޖީނު ފެއިލްވުމުގެ ސަބަބުންނެވެ. މި ބޯޓުގައި އެއްވެސް ކާގޯއެއް ނެތްކަމަށްވެސް ޓްރާސްޕޯޓް އޮތޯރިޓީން ބުނެއެވެ.

މި ބޯޓު ފަރަށް އަރާފައިވަނީ 19 ފިލިޕީންސް މީހުނާއެކު ދަތުރުކުރަމުންދަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން