ކައުންސިލް ހައުސިން ނުވަތަ ސޯޝަލް ހައުސިންގެ ދަށުން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް ސަރުކާރުން ކުލި ދެއްކުމުގައި ލުޔެއް ހޯދައިދެއްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން އަޅާ ކައުންސިލް ހައުސިންގެ ދަށުން ފްލެޓް ލިބޭ މީހުންގެ ތެރެއިން ކުލި ނުދެއްކޭ މީހުންނަށް ސަރުކާރުން ކުލި ސަބްސަޑައިޒް ކޮށްދޭނެ ކަމަށެވެ.

ސަރުކާރުގެ ވިސްނުމަކީ ކައުންސިލް ހައުސިން ނުވަތަ ސޯޝަލް ހައުސިން ކެޓަގަރީގައި ހިމެނޭ ހައުސިން ޔުނިޓުތައް، ވަކި އަދަދަަކަށް ވުރެ ދަށުން އާމްދަނީ ލިބޭ މީހުންނަށް ދިނުން ކަމަށް މަބުރޫކް ވިދާޅުވިއެވެ. މީގެ އިތުރުން މަބްރޫކް ވިދާޅުވީ އެޕޯލޯ ހޯލްޑިންސް ކުންފުންޏާ ހަވާލުކޮށްގެން ސަރުކާރުން ހުޅުމާލޭގައި ކުރިއަށް ގެންދާ ބޯހިޔާވަހި ކަމުގެ މަޝްރޫއުގައި ހިމެނޭ ކައުންސިލް ހައުސިންގެ ކެޓަގަރީން 60 ފްލެޓު 5،500 ރުފިޔާ އަށް ކުއްޔަށް ދޭނެ ކަމަށެވެ.

"ކުލި ދެއްކުމުގެ ގާބިލް ކަން ނެތް ނުވަތަ ކުލީގެ ފުރިހަމަ މިންވަރު 5،500 ރުފިޔާ ދެއްކުމުގެ ގާބިލްކަން ނެތް ފަރާތްތަކަށް އެ ސަބްސިޑައިޒް ކޮށްދޭނީ ސަރުކާރުން، އެކަން ކުރާނެ މެކޭނިޒަމެއް އަދި މުޅިން ނިއްމާފައެއް ނެތް. އެންސްޕާ އާސަންދަ ތެރެއިން ވެސް ޕްލޭނިންގ މިނިސްޓްރީ ތެރެއިން އެ ސަބްސިޑައިޒް ކުރި ނަމަވެސް އެކަން ކުރާނީ ސަރުކާރުގެ ތެރެއިން، 5000 ރުފިޔާ އެކުލި މުޅިން ނެގުމެއް ނޫން އެކަމުގެ ގާބިލް ކަން ނެތް ފަރާތްތަކަށް ސަރުކާރުން ސަބްސިޑައިޒް ކޮށްދީގެން ކުލި ކުޑަކޮށްދީގެން ނުވަތަ ކުލި ކަނޑާލުން." ސަރުކާރުގެ ސިޔާސަތު ހާމަކުރައްވަމުން މަބްރޫކް ވިދާޅުވިއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ވެސް ކުރިއަށް ގެންދާ އެޕޯލޯ މަޝްރޫއުގެ ހައުސިން ޔުނިޓްތައް އަޅަނީ ތިން ކެޓެގެރީއަކަށް ބަހާލައިގެން ދޭގޮތަށެވެ. އެއީ ކައުންސިލް ހައުސިން، މިޑްރޭންޖް ހައުސިން އަދި އެފޯޑަބަލް ހައުސިން އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން