އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ތާއީދު ނުކުރެވޭނެ ކަމަށް އެ ޕާޓީން ނިއްމި ނިންމުން އަލުން މުރައާޖާކޮށްދީ އެމްޑީޕީގެ ދާއިރާ ތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް އެދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހުށައެޅުއްވި މައްސަލަ އަވަސް ކޮށްދިނުމަށް އޭނާ އެދިވަޑައިގެންފި އެވެ.

މަހުލޫފް އެކަމަށް އެދިވަޑައިގަތީ އަކްރަމް ކަމާލުއްދީނަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމި ނިންމުން އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށް ފަހު އިންތިހާބުން އަކްރަމަށް ފުރުސަތު ދޭން އެމްޑީޕީން ނިންމި ނިންމުމާއި ގުޅިގެންނެެވެ.

އެ ނިއްމުމަށް އަކްރަމަށް މަރުހަބާ ވިދާޅުވެ މަހުލޫފް ވިދާޅުވީ އޭނާއަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމި ނިންމުން އިސްތިއުނާފު ކުރި ފަހުން ހަ ދުވަސް ވެއްޖެ ކަމަށެވެ. އެމްޑީޕީގެ ގަވާއިދު ބުނާ ގޮތުން އެފަދަ މައްސަލަތަކުގައި ދެ ދުވަސްތެރޭގައި ޖަވާބުދޭން ޖެހޭ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.



"އަޅުގަނޑަށް ވާނުވާ އަންގާލަ ދެއްވުން އެދެން. އިންތިހާބަށް 30 ދުވަހަށް ވެފައިވާއިރު ކެމްޕޭން ކުރަން ބޭނުން. ތަފާތު ނުކުރައްވާ." އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޔޫތް މިނިސްޓަރު ކަމުގެ މަގާމުން ސަސްޕެންޑްކޮށްފައިވާ މަހުލޫފް ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެ ޕާޓީން އަންގާފައިވާއިރު އެ ނިންމުމަކީ ގާނޫނީ އިމުން ބޭރުން ޕާޓީގެ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ނިންމުން ގާނޫނީ ގޮތުންނާއި ޕާޓީގެ ގަވާއިދުތަކާއި އުސޫލުތަކާއި ޚިލާފުވާ ކަމަށް ވިދާޅުވެ ގިނަ ސަބަބުތަކެއް ދައްކަވައި އެ ނިންމުން ބާތިލްކޮށްދޭން އެމްޑީޕީގެ އިސްތިއުނާފް މަޖިލީހަށް މަހުލޫފް ވަނީ ހުށައަޅުއްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން