ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކައިން ގައުމަށް ލިބޭނީ ގެއްލުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނުން ފަށާފައިވާއިރު، ގިނަ ބަޔަކު ދަނީ އެކަމާއި ދެކޮޅަށް ވާހަކަ ދައްކައި ފާޑުކިޔަމުންނެވެ.



އަދާލަތު ޕާޓީގެ މެމްބަރެއްކަމަށްވާ، މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކައިން ގައުމަށް ލިބެނީ ގެއްލުންކަމަށެވެ. އެގޮތުން އެކަމުގެ ސަބަބުން ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގެ ސްޕީޑު ދަށްވެ، ގޮންޖެހުންތައް ކުރިމަތިވުން ކައިރިކަމަށް އަނާރާ ވިދާޅުވިއެވެ.



ޑރ. އަނާރާ ވިދާޅުވީ އިސްކަންދޭން ވާނީ ޤައުމުގެ ކުރިއެރުމަށްކަމަށެވެ. އަދި ރިޔާސީ ނިޒާމަކީ ރައްޔިތުން ނިންމާފައި އޮތްގޮތްކަމަށް އަނާރާ ވިދާޅުވިއެވެ.



ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ ހަރަކާތެއް ރައީސް ނަޝީދު ފެކްޝަނަށް ތާއިދު ކުރާ ބައެއް މެމްބަރުން ވަނީ ފަށާފައެެވެ. މިކަމުގައި އެންމެ އިސްކޮށް ހުންނެވީ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅަށް ރާއްޖެގެ އެއްވެސް ސިޔާސީ ޕާޓީއެއް، ނުވަތަ ސިޔާސި އެއްވެސް ލީޑަރަކު މިހާތަނަށް ތާއީދުކުރައްވާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން