އަހުމަދު މަސްނޫމް   24 އޯގަސްޓު 2021 - 13:51
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ ހާލަތާމެދު އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރާއްޖެއަށް އޮޕަރޭޓް ކުރާ ބައެއް އެއާލައިންތަކުގެ ރާއްޖޭގެ އޭޖެންޓްގެ ގޮތުގައި ހަރަކާތްތެރިވާ އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ފިރާގު ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނިީ، ރާއްޖެއަށް ފަތުރުވެރިން ގިނަ އަދަދަކަށް އަންނަމުންދާއިރު، އެ ފަރާތްތަކަށް ރަނގަޅު ހިދުމަތެއް ނުދެވޭކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައެވެ. ރާއްޖޭގެ ވައިގެ ބަނދަރަށް އަންނަ ބޯޓު ފަހަރާއި އަންނަ ފަސިންޖަރުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެފައިވާއިރު އެއަރޕޯޓުގެ އިންތިޒާމްތައް ވަރަށް ބޮޑަށް ދޯދިޔާކަމަށް ފަތުރުވެރިން ގެންނަ ފަރާތްތަކުން ވެސް ދަނީ ބުނަމުންނެވެ.

އިނަރ މޯލްޑިވްސް އަދި އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގު ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އެފަދަ ދަށް ފެންވަރުގެ ހިދުމަތެއް އެއަރޕޯޓުން ދޭންޖެހޭ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ފިރާގު ވިދާޅުވީ ސީޕްލޭން ޓަރމިނަލާއި, ސީއަައިޕީ ލައުންޖާއި، އެއަރޕޯޓް ރަންވޭވެސް ނިމިފައިވާކަމަށެވެ. އެހެންކަމުން ޚިދުމަތްތައް ރަނގަޅު ކުރުމަށްޓަކާ އެތަންތަން އަވަހަށް ބޭނުންކުރަން ފަށަން ފިރާގު ގޮވާލެއްވިއެވެ.



މިގޮތަށް މިހާލަތުގައި ވީއައިއޭގެ ހާލަތުގައި ވީއައިއޭގެ ޚިދުމަތް ދޭން ޖެހޭ ސަބަބެއް ނޭނގެ. ސީ ޕްލޭން ޓާމިނަލް ނިމިފަ. ސީއައިޕީ ލޯންޖް ނިމިފަ. ރަންވޭ ނިމިފަ. ދެން ރައިންބޯއިން ފަރުނީޗަރު ލައިގެން ވެސް ހުޅުވަން ވެއްޖެ ނޫންތޯ؟ ތޮއްޖެހިފައިވާ އެއާޕޯޓުގެ ހާލަތު ދައްކުވައިދޭ ފޮޓޯއެއް ހިއްސާ ކުރަށްވަމުން ފިރާގު ވިދާޅުވެފައި ވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްގީއަށް ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެއާޕޯޓް ތަރައްގީ ކުރުމުގެ ގިނަ މަސައްކަތްތަކެއް މިހާރުވެސް އެއަރޕޯޓްގަައި ދަނީ ހިންގަމުންނެވެ. އަދި އޭގެ ތެރެއިން ގިނަ މަސައްކަތްތައް ނިމިފައިވީނަމަވެސް، އެތަންތަނުގެ ބޭނުން ނުކުރާތީ އެކަންކަމުން ލިބެންޖެހޭ އިގްތިސާދީ ފައިދާ އަދިވެސް ވަނީ ލިބެން ނުފަށައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން