އިސްލާމްދީނުގެ ޝިއާރުތަކަށް ފުރައްސާރަކުރުން ހުއްޓުވަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ‏އިސްލާމީ މުޖުތަމަޢެއްގައި ހަމަޖެހުމާއި އަމާންކަމާއި ޞުލްޙަވެރިކަން އޮތުން ބިނާވެފަ އޮންނަނީ އެ މުޖުތަމަޢުގައި ދީނުުގެ ޙުކުމްތަކަށް އޮންނަ ޤަދަރާއި އިޙުތިރާމްގެ މައްޗަށް ކަމަށެވެ.

އެހެންކަމުން އިސްލާމްދީނާއި ދީނުގެ ޝިޢާރުތަކަށް ފުރައްސާރަކުރުން ހުއްޓުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އިސްލާމިކް ޔުނިވަސިޓީގެ ފުރަތަމަ ޗާންސެލަރުކަން ކުރެއްވި ޑރ. ޝަހީމް ވިދާޅުވިއެވެ.





ޑރ.ޝަހީމް މިހެން ވިދާޅުވެފައިވާއިރު އިސްލާމްދީނުގެ ހުކުމްތަކަށް ފާޅުގައި ގޮންޖަހައި ޝޯޝަލް މީޑިޔާގެ އެކި ވަސީލަތްތަކުގައި ދީނަށް ފުރައްސާރަކުރުން ވަނީ އާންމު ކަމަކަށްވެފައެވެ. އެހެން ނަމަވެސް އެކަން ހުއްޓުވުމަށް ސަރުކާރަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ސަރުކާރުން މިއަދު ވަނީ އިސްލާހެއް ހުށައަޅާފައެެވެ. ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ހުށަހަޅާފައިވާ ބިލު ސަރުކާރުން ފޮނުވީ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު ނުވަތަ ނަފްރަތުގެ ބިލާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން