ޕީޕީއެމުން މިހާރު ގއ. އާއި ގދ. އަށް ކުރަމުންދާ ދަތުރުތަކުގައި ގދ. ފަރެސްމާތޮޑާއަށް ދިއުމުން އެ ޕާޓީގެ ޓީމުގެ މެމްބަރުންނާ ސަލާމްކުރި ފެނަކައިގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި އެވެ.

ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ޕީޕީއެމުން މިހާރު ގއ. އާއި ގދ. އަށް ކުރަމުންގެންދާ ދަތުރުތަކުގައި ގދ. ފަރެސްމާތޮޑާއަށް ދިއުމުން އެ ޕާޓީގެ ޓީމުގެ މެމްބަރުންނާ ސަލާމްކުރި ފެނަކައިގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

"އިންޝާ ﷲ މި ވެރިކަން ވަރަށް އަވަހަށް ނިމޭނެ." ޝިޔާމް ވިދާޅުވި އެވެ.



މިކަމާ ވުޅިގެން ޝިޔާމް ވަނީ ވަޒީފާ ދިނުމުގައި ވަކި ޕާޓީއަކަށް ނުބައްލަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަވަޑައިގެންނެވި ވައުދާ އެމަނިކުފާނު ޚިލާފުވެވަވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.



ފަރެސްމާތޮޑާ އެއާޕޯޓު ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ފެނަކައިގެ މުވައްޒަފެއް ކަމަށްވާ ނަދީމް މުހައްމަދު ވަޒީފާ އިން ވަކިކޮށް ،އެވަގުތު ތިބި ނުވަ ވަރަކަށް މުވައްޒަފުން ވެސް ވަނީ ވަޒީފާއިން އެކަހެރިކޮށްފަ އެވެ.

އެހެން ނަމަވެސް އޭގެތެރެއިން ހަ މުވައްޒަފަކު ފަހުން ވަނީ މަސައްކަތަށް ނެރެފައެވެ. ވަޒީފާ ދިނުމުގައި ސިޔާސީ ކުލަ އަކަށް ނުބައްލަވާނެ ކަމަށާއި، ސިޔާސީ ގޮތުން މުވައްޒަފުން ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ސާލިޙު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ސަރުކާރާއި ރައީސަށް ފާޑުކިޔައިގެން ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އިދިކޮޅުފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން