ހުޅުމާލޭގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލް މަރާމާތުކޮށް 45 ދުވަހުގެ ތެރޭގައި ނިންމަން އެޑިއުކޭޝަން މިނިސްޓްރީން އޭއާރު ބިޒްނަސް މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ.

މިކަމާއި ގުޅޭ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްޜިން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އަދި އޭއާރު ބިޒްނަސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ރަޝީދުއެވެ.

1.9 މިލިއަން ރުފިޔާއަށް ހަވާލުކުރި މިމަސައްކަތް ނިންމާ އަންނަ އޮކްޓޫބަރުމަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރަންޖެހެއެވެ.



ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެޑިއުކޭޝަން މިނިސްޓްރީއާ މި ސްކޫލް ހަވާލުކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެތަން ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ހަތަރު ފަހަރެއްގެ މަތިން އިއުލާންކުރުމަށްފަހު އެންމެ ފަހުން ނިންމީ ސީދާ މިނިސްޓްރީން އެތަން ހިންގުމަށެވެ.

ހުޅުމާލޭގައި ހުންނަ އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލުގައި މިއަހަރުގެ ދިރާސީ އަހަރު ފެށި އިރު ކިޔަވައިދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ފްލޫ ކްލިނިކެއްގެ ގޮތުގައި ޕްރީ ސްކޫލު އިމާރާތް ބޭނުންކުރުމުން އެކަން ލަސްވެގެން ދިޔައީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން