އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހަސިއްޔަތުން ކުރައްވަން ޖެހޭ މަސައްކަތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާނަށް ދަތުރުފުޅެއް ކުރައްވަން ނިއްމަވައިފިއެވެ.

މިއީ އދ. ގެ އިސް މަގާމަށް ޝާހިދު އިންތިޚާބުވެވަޑައިގެންނެވި ފަހުން، އެ ހައިސިއްޔަތުން ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން ޝާހިދު ވަނީ އެހައިސިއްޔަތުން އިންޑިއާއަށް ވަޑައިގެންފައެވެ. ފޮރިން މިނިސްޓްރީން ބުނީ ޖަޕާނަށް ޝާހިދު ކުރައްވާ މި ދަތުރުފުޅަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖަޕާން ސަރުކާރުން ދިން ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅު ކުރިއަށްދާނީ މި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ.

މި ދަތުރުފުޅުގައި ޖަޕާނުގެ ބޮޑުވަޒީރު ސޫގާ ޔޮޝިހީޑޭގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ޝާހިދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޖަޕާނުގެ ފޮރިން މިނިސްޓަރ މޮޓޭގީ ޓޮޝިމިޓްސޫއާ ވެސް ޝާހިދު ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތުދެއެެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި އދ. ގެ އާއްމު މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، އާއްމު މަޖިލީހުގެ ރިޔާސަތާ އެކުގައި ޖަޕާނުން މަސައްކަތް ކުރުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދާއި ޖަޕާން ސަރުކާރާ ދެމެދު މަޝްވަރާ ކުރުމަށް ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން