މިއަހަރު ނިމޭއިރު ދަރަނި 79 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި "ފިސްކަލް އެންޑް ޑެޓް ސްޓްރެޓެޖީ ރިޕޯޓް" ގައި ބުނެފައިވަނީ މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި 67 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.
މިދިޔަ އަހަރު ނިމުނުއިރު އޮތް 67 ބިލިޔަން ރުފިޔާގެ ދަަރަންޏާއެކު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަަރަކީ 115 ޕަސެންޓްކަން ފާހަގަކޮށްލެވެއެވެ. މިއަހަރު ނިމޭއިރު ދަރަނީގެ އަދަދު 79 ބިލިޔަން ރުފިޔާއަށް އަރާއިރު އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 128 ޕަސެންޓް ކަމަށް އެ ރިޕޯޓްގައިވެއެވެ. އޭގެ ތެރެއިިން ބޭރުގެ ދަރަނީގެ މިންވަރު 38 ބިލިޔަން ރުފިޔާގައި ހުރިއިރު އެތެރޭގެ ދަރަންޏަކީ 41 ބިލިޔަން ރުފިޔާ އެވެ.
ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު މިހާ މައްޗަށް ދިޔައީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އާމްދަނީ ވަރަށްް ބޮޑުތަނުން ދަށްވުމާއެކު ގައުމީ އުފެއްދުންތެރިކަން ދަށްވުމުން ކަމަށް ރިޕޯޓްގައި ވަނީ ފާހަަގަކޮށްފައެެވެ.
މިދިޔަ ފަސް އަހަރުގެ ހިސާބުތަކާ އަޅާ ބަލާއިރު ދައުލަތުގެ ދަރަންޏަށް 23 ބިލިޔަން ރުފިޔާ އިތުރުވެފައިވެއެވެ. އެގޮތުން 2017 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި 44 ބިލިޔަން ރުފިޔާގައި ހުރިއިރު އޭގެ ތެރެއިން 17 ބިލިޔަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. އަނެއް 27 ބިލިޔަން ރުފިޔާ އަކީ އެތެރޭގެ ދަރަނިކަން ފާހަގަކޮށްލެވެއެވެ.
ފިނޭންސް މިނިސްޓްރީ ހާމަކުރިގޮތުގައި 2019 ވަަނަ އަަހަރާ އަޅައި ބަލާއިރު މިދިޔަ އަހަރު ދައުލަތުގެ ދަރަންޏަށް އިތުރުވެފައި ވަނީ 13 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން 25 ބިލިޔަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. އެތެރޭގެ ދަރަނި ހުރީ 42 ބިލިޔަން ރުފިޔާގައެވެ.
ދައުލަތުގެ ދަރަނި 2017 ވަނަ އަހަރު އޮތް ވަރަށް ވުރެ، މިއަހަރު ނިމޭއިރު 35 ބިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި މިހާ ބޮޑަށް އިތުރުވާނެކަމަށް ލަފާކުރެވޭ އިރު ގައުމީ އުފެއްދުންތެރިކަމަށް ވެސް 15 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެ ކަމަށް ފިނޭންސުން ވަނީ އަންދާޒާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު