އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ހުށަހެޅުއްވި ޝަކުވާއަށް ޖަވާބު ލިބުން ލަސްކުރާ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.
ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް މިދިޔަ އަންގާރަ ދުވަހު ހުށަހެޅުއްވި ޝަކުވާއަށް އެއްވެސް ޖަވާބެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އެ އިންތިހާބަށް 30 ދުވަސްވެފައި ވާތީ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް މަަހުލޫފް ވިދާޅުވި އެވެ.
މަހުލޫފުގެެ އިތުރުން ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވެސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމިއެވެ. އެކަމަކު، އެ މައްސަލަ އިސްތިއުނާފުކުރުމުން ކޮމިޓީން ވަނީ އެ ނިންމުން ބާތިލްކޮށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަކްރަމަށް ދީފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިއްމި ނިންމުން އަލުން މުރައާޖާކޮށްދީ އެމްޑީޕީގެ ދާއިރާ ތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް އެދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހުށައެޅުއްވި މައްސަލަ އަވަސް ކޮށްދިނުމަށްވެސް އޭނާ މީގެ ކުރިން ވަނީ އެދިވަޑައިގެންފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެ ޕާޓީން އަންގާފައިވާއިރު އެ ނިންމުމަކީ ގާނޫނީ އިމުން ބޭރުން ޕާޓީގެ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މަހުލޫފަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީން ނުދިނީ އޭނާގެ މައްސަލައެއް އޭސީސީން ބަލަމުންދާ ކަމަށް ބުނެ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މަހުލޫފްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. އެމައްސަލައިގައި ދައުވާ ކުރަން ފޮނުވުމުން ރައީސް ސާލިޙު ވަނީ މަގާމުގެ މަސްއޫލިއްޔަތު ތަކުން ޔޫތް މިނިސްޓަރު މަހުލޫފް ސަސްޕެންޑްކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު