ށ. ޅައިމަގު
ށ. ޅައިމަގު
ށ. ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ، ށ. ޅައިމަގުގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނު ކުރި މައްސަލައެއް އިއްޔެ ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އިތުރަށް ބަލަމުން ގެންދާ ކަމަށާއި އެކަމާ ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ފެނުނުއިރު އޮތީ ހަތަރެސްފައި ބަނދެފައެވެ. އަދި ބޭރުފުށުން ބޮޑެތި އަނިޔާތަކެއް ވަނީ ދީފައެވެ.

މި ޙާދިސާގެ އިތުރު ތަފްސީލް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން